
(ފޮޓޯ ކްރެޑީޓްސް: ރޮއިޓާރސް)
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ސޫރިޔާގައި 100އެއްހާ މީހުން ވަގަށް ނަގާފައިވާ ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި، އަދިވެސް މީހުން ގެއްލުވާލަމުންދާ ކަމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާ، އޯއެޗްސީއެޗްއާރުން ބުނެފިއެވެ. އޯއެޗްސީއެޗްއާރުގެ ތަރުޖަމާނު، ތަމީން އަލްކީތަން ވިދާޅުވީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައިތާ 11 މަސް ދުވަސް ފާއިތުވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ސޫރިޔާގައި މީހުން ވަގަށް ނަގައި ގެއްލުވާަލަމުންދާ ކަމުގެ ރިޕޯޓުތައް އެ އިދާރާއަށް ލިބެމުން ގޮސްފައިވާ ކަމަށެވެ. އެއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އޯއެޗްސީއެޗްއާރުން ބުނީ މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 97 މީހުން ގެއްލުވާލާފައިވާ ކަމަށް އެ އިދާރާއަށް ޔަޤީންކުރެވިފައިވާ ކަމަށެވެ. ނަމަވެސް ގެއްލުވާލާފައިވާ މީހުންގެ ހަޤީޤީ ޢަދަދު ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ކީތަން ވިދާޅުވި ގޮތުގައި އަލްއަސަދުގެ ވެރިކަމުގައި ވެސް 100،000އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލުފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުއްލި ގޮތަކަށް އަލްއަސަދުގެ ވެރިކަން ނިމުމަކަށް އައުމުން، 13 އަހަރު ދުވަހަށް ދެމިގެންދިޔަ އެ ޤައުމުގެ ދާޚިލީ ހަނގުރާމަ ވަނީ ނިމުމަކަށް އައިސްފައެވެ. އަލްއަސަދުގެ ވެރިކަމުގައި ރައްޔިތުން ތަޙައްމަލްކުރަން ޖެހުނު އަނިޔާވެރި ކަމަށް އިންސާފު ހޯދުމަށް ސޫރިޔާގެ ގިނަ ރައްޔިތުން ބޭނުންވެއެވެ. އަލްއަސަދުގެ ވެރިކަން ނިމުމަކަށް އައުމުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނުވަތަ ރަހީނު ކޮށްފައިވާ ބައެއް މީހުން ފެނި، އެ މީހުން ވަނީ އެ މީހުންގެ ޢާއިލާތަކާ އަލުން ބައްދަލުވެފައެވެ. ނަމަވެސް ގިނަ ޢަދަދެއްގެ މީހުންނަށް ވީނުވީއެއް އަދި ވެސް ނޭނގޭ ކަމަށް އޯއެޗްސީއެޗްއާރުން ފާހަގަކުރެއެވެ.
ސޫރިޔާގެ ހަލަބޮލި ސަލާމަތީ މަސްރަހުގެ ސަަބަބުން ގެއްލިފައިވާ މީހުން ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް އދން ފާހަގަ ކުރެއެވެ. އދއާ ވާހަކަދައްކައިފި ނަމަ ގެއްލުން ދޭނެ ކަމުގެ އިންޒާރުތައް މީހުންނަށް ދެމުންދާ ކަމަށާއި، އޭގެ ސަބަބުން އދއާއެކު މައުލޫމާތު ޙިއްޞާ ކުރުމަށް މީހުން ޖެހިލުންވާ ކަމަށް ކީތަން ވިދާޅުވިއެވެ. ސޫރިޔާގެ މަދަނީ ދިފާޢުގެ ދަރުމަވެރިއެއް ކަމަށްވާ ހަމްޒާ އަލްއަމާރިން މި އަހަރުގެ ޖުލައި މަހުގެ 16ވަނަ ދުވަހު ގެއްލިފައިވާ ހާދިޘާއަށް އަލިއަޅުވައިލަމުން އޯއެޗްސީއެޗްއާރުން ބުނީ އޭނާ ގެއްލިފައި ވަނީ ސޫރިޔާގެ އައްސުވައިދާގައި ކުރިމަތިލުންތައް ހިނގަމުން ދަނިކޮށް އެ ސަރަޙައްދުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމް ކުރުމަށް ވެސް އެ އިދާރާއިން ގޮވާލާފައިވެއެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ސޫރިޔާގެ ރިޔާސަތުން ވަނީ ޢަދުލްއިންސާފު ޤާއިމްކުރުމާ ގުޅޭގޮތުންނާއި ގެއްލިފައިވާ މީހުންނާ ގުޅޭ ކޮމިޝަންތައް އުފައްދާ، އަލްއަސަދުގެ ވެރިކަމުގައި ހިންގާފައިވާ ޖަރީމާތައް ތަހުޤީޤު ކުރާނެ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
