
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުން ސުލްޙަ ބޭނުންވިނަމަވެސް، ގަދަބާރުން އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމް ނުހުއްޓުވޭނެކަމަށް، އެ ޤަޢުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވެއްޖެއެވެ. ޕިޒީޝްކިޔާން މިހެން ވިދާޅުވެފައިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަން އީރާނުން އެދިފައިވާކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެފައިވަނިކޮށެވެ. ޕިޒީޝްކިޔާން ވިދާޅުވި ގޮތުގައި، ބައިނަލްއަޤުވާމީ އޮނިގަނޑުގެ ތެރެއިން މަޝްވަރާކުރަން އީރާނުން އޮތީ ތައްޔާރަށެވެ. ނަމަވެސް، ނިޔުކްލިއަރ ހަކަތަ ނުވަތަ އަމިއްލަ މިނިވަންކަން ދިފާޢުކުރުމަށް ހަތިޔާރު އުފައްދާނަމަ، ޙަމަލާދޭނެކަމަށް ބުނާނަމަ، މަޝްވަރާ ކުރުމުގެ ބޭނުމެއް ނެތް ކަމަށް ޕިޒީޝްކިޔާން ވިދާޅުވިއެވެ.
އަމިއްލައަށް ދިފާޢުވުމުގެ ޙައްގު ދޫކޮށްލައި، މަދަނީ ބޭނުމަށް ނިޔުކްލިއަރ ހަކަތަ އުފެއްދުމަށް ދޫނުދޭނެކަމަށް އީރާނުން މީގެކުރިން ވެސް ވަނީ ތަކުރާރުކޮށް ބުނެފައެވެ. “އެމެރިކާއިން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމަށްފަހު، އަޅުގަނޑުމެން ގާތު މި ބުނަނީ މިސައިލު ނުގެންގުޅެވޭނެއޭ. ދެން އެ މީހުން ބޭނުންއިރަކު އަޅުގަނޑުމެންނަށް މި ޙަމަލާދެނީ،” ޕިޒީޝްކިޔާން ވިދާޅުވިއެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ނިިއުލްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
އޭގެ ކުރިން އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން، އީރާނާއި އެމެރިކާއާ ދެމެދު ފަސް ފަހަރެއްގެ މަތިން މަޝްވަރާތައް ބާއްވާފައިވެއެވެ. އީރާނުން ހިންގަމުންދާ ނިޔުކްލިއަރ ޕްރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުންކަމަށް ޔަހޫދީންގެ އިތުރުން ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
