
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުނިޔޭގެ އެންމެ ބާރުބޮޑު ވައިގެ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ، އިންޑިއާގެ ނިއު ދިއްލީގެ އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަތިންދާބޯޓުތަކާ މުއާޞަލާތު ކުރުމަށް ބޭނުންކުރާ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، 200އަށް ވުރެ ގިނަ މަތިންދާބޯޓު ފުރުން ލަސްވެފައިވާ އެ ޤައުމުގެ ވައިގެ ބަނދަރުތަކާބެހޭ އިދާރާއިން ބުނެފިއެވެ. ދިއްލީގެ މައި ވައިގެ ބަނދަރުގެ މަތިންދާބޯޓުތަކާ މުއާޞަލާތުކުރާ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، 200އަށް ވުރެ ގިނަ މަތިންދާބޯޓުގެ ފުރަން ހަމަޖެހިފައިވާ އޮތް ވަގުތު ބައިގިޑިއިރެއްހާ އިރަށް ލަސްވެގެން ދިޔުމުގެ ސަބަބުން، އިންޑިއާގެ އެހެން ވައިގެ ބަނދަރުތަކުގެ އުދުހުންތަކަށް ވެސް ބުރޫއަރާނެކަމަށް ބެލެވެއެވެ.
ފްލައިޓުތައް ފުރުން ލަސްވީ، މުއާޞަލާތީ ނިޒާމަށް ދިމާވި މައްސަލައާ ގުޅިގެން، އެއަރ ޓްރެފިކް ކޮންޓްރޯލަރުން އަމިއްލަ އަތުން މަތިންދާބޯޓުތައް ފުރުމާއި ޖެއްސުމުގެ ޕްލޭންތައް ތައްޔާރުކުރަން ޖެހުމުން ކަމަށް އިންޑިއާގެ އެއަރޕޯޓްސް އޮތޯރިޓީން ބުންޏެވެ. މި ކަމުގެ ސަބަބުން އުދުހުންތަކަށް ބުރޫއަރާފައިވާކަމަށް އިންޑިގޯ، ސްޕައިސްޖެޓު އަދި އެއަރ އިންޑިއާއިން ވެސް ފަސިންޖަރުންނަށް އަންގައިފައެވެ. ބުރާސްފަތި ދުވަހުގެ ހަވީރު އެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދިއްލީގެ މައި ވައިގެ ބަނދަރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވިއެވެ.
ނިޒާމަށް މައްސަލަ ދިމާވީ، ކޮޕިޔުޓަރ ވައިރަހެއްގެ ސަބަބުންތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ. ގަޑިއިރަކު ގާތްގަނޑަކަށް 60 އާއި 70 މަތިންދާބޯޓު ޖައްސާ ދިއްލީ މައި ވައިގެ ބަނދަރަށް ދިމާވި މި މައްސަލައާ ގުޅިގެން އެތެރޭގެ އުދުހުންތަކުގެ އިތުރުން ބައިނަލްއަޤުވާމީ ގިނަ އުދުހުންތަކަށް ވެސް ވަނީ ބުރޫ އަރައިފައެވެ. މިދިޔަ އަހަރު ދިއްލީގެ މައި ވައިގެ ބަނދަރުން 78 މިލިއަން ފަސިންޖަރުންނަށް ވަނީ ޚިދުމަތްދީފައެވެ. ދިއްލީގެ މައި ވައިގެ ބަނދަރަކީ ދުނިޔޭގެ ނުވަ ވަނައަށް އެންމެ ބާރުބޮޑު ވައިގެ ބަނދަރުގެ ގޮތުގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރުތަކާބެހޭ އިދާރާއިން ވަނީ ދަރަޖަކޮށްފައެވެ.ދުނިޔޭގެ އެންމެ ބާރުބޮޑު ވައިގެ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ، އިންޑިއާގެ ނިއު ދިއްލީގެ އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަތިންދާބޯޓުތަކާ މުއާޞަލާތު ކުރުމަށް ބޭނުންކުރާ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، 200އަށް ވުރެ ގިނަ މަތިންދާބޯޓު ފުރުން ލަސްވެފައިވާ އެ ޤައުމުގެ ވައިގެ ބަނދަރުތަކާބެހޭ އިދާރާއިން ބުނެފިއެވެ.
ދިއްލީގެ މައި ވައިގެ ބަނދަރުގެ މަތިންދާބޯޓުތަކާ މުއާޞަލާތުކުރާ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، 200އަށް ވުރެ ގިނަ މަތިންދާބޯޓުގެ ފުރަން ހަމަޖެހިފައިވާ އޮތް ވަގުތު ބައިގިޑިއިރެއްހާ އިރަށް ލަސްވެގެން ދިޔުމުގެ ސަބަބުން، އިންޑިއާގެ އެހެން ވައިގެ ބަނދަރުތަކުގެ އުދުހުންތަކަށް ވެސް ބުރޫއަރާނެކަމަށް ބެލެވެއެވެ. ފްލައިޓުތައް ފުރުން ލަސްވީ، މުއާޞަލާތީ ނިޒާމަށް ދިމާވި މައްސަލައާ ގުޅިގެން، އެއަރ ޓްރެފިކް ކޮންޓްރޯލަރުން އަމިއްލަ އަތުން މަތިންދާބޯޓުތައް ފުރުމާއި ޖެއްސުމުގެ ޕްލޭންތައް ތައްޔާރުކުރަން ޖެހުމުން ކަމަށް އިންޑިއާގެ އެއަރޕޯޓްސް އޮތޯރިޓީން ބުންޏެވެ. މި ކަމުގެ ސަބަބުން އުދުހުންތަކަށް ބުރޫއަރާފައިވާކަމަށް އިންޑިގޯ، ސްޕައިސްޖެޓު އަދި އެއަރ އިންޑިއާއިން ވެސް ފަސިންޖަރުންނަށް އަންގައިފައެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު އެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދިއްލީގެ މައި ވައިގެ ބަނދަރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވިއެވެ. ނިޒާމަށް މައްސަލަ ދިމާވީ، ކޮޕިޔުޓަރ ވައިރަހެއްގެ ސަބަބުންތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ. ގަޑިއިރަކު ގާތްގަނޑަކަށް 60 އާއި 70 މަތިންދާބޯޓު ޖައްސާ ދިއްލީ މައި ވައިގެ ބަނދަރަށް ދިމާވި މި މައްސަލައާ ގުޅިގެން އެތެރޭގެ އުދުހުންތަކުގެ އިތުރުން ބައިނަލްއަޤުވާމީ ގިނަ އުދުހުންތަކަށް ވެސް ވަނީ ބުރޫ އަރައިފައެވެ. މިދިޔަ އަހަރު ދިއްލީގެ މައި ވައިގެ ބަނދަރުން 78 މިލިއަން ފަސިންޖަރުންނަށް ވަނީ ޚިދުމަތްދީފައެވެ. ދިއްލީގެ މައި ވައިގެ ބަނދަރަކީ ދުނިޔޭގެ ނުވަ ވަނައަށް އެންމެ ބާރުބޮޑު ވައިގެ ބަނދަރުގެ ގޮތުގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރުތަކާބެހޭ އިދާރާއިން ވަނީ ދަރަޖަކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
