
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ޔަހޫދީން އަނެއްކާ ވެސް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ. މިއީ، 2024ވަނަ އަހަރުގެ ނޮވެންބަރު މަހު އަމަލު ކުރަން ފެށި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދީފައިވާ ޙަމަލާތަކެކެވެ. ޔަހޫދީން އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ލުބްނާންގެ ސަރުކާރާ އެކުގައެވެ. އެ އެއްބަސްވުމުގެ ދަށުން، ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންނަށް އަމާޒުކޮށް ދެމުން ދިޔަ ޙަމަލާތައް މެދުކަނޑައިލާފައެވެ. އަދި، ލުބްނާނާއި ޒަޔަނިސްޓު ދައުލަތާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައިވާ ރަށްތަކާއި އަވަށްތަކުން ފައިބާފައެވެ. ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް ދީފައި ވަނީ ޙިޒްބުاللهގެ މުޖާހިދުންނަށް އަމާޒުކޮށް ކަމަށް ބުނެއެވެ.
ޔަހޫދީ ފައުޖުން ބުނީ، ލުބްނާންގެ ދެކުނުގައި، ޒަޔަނިސްޓު ދައުލަތުގެ ސަރަޙައްދީ ރޮނގު ކައިރީގައި ޙިޒްބުاللهން އަސްކަރީ ހަރަކާތްތައް ހިންގަމުންދާ ކަމުގައެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގައި އެކަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އަދި، އޭގެ ކުރިން ދީފައިވާ އެހެން ޙަމަލާތަކެއްގައި އެކަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޔަތު އަލް-ޖަބަލީ، އަލް-ޠީބަތު އަދި ޠަޔިރް ދަބާ އަވަށަށެވެ. މީގެ އިތުރުން، އެހެން ދެ އަވަށަކަށް ބޮން އަޅާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޒަޔަނިސްޓު ދައުލަތުގެ ސަރަޙައްދީ ރޮނގަށް ވުރެ ހަތަރު ކިލޯމީޓަރު ދުރުގައި އޮތް އަވަށްތަކަށެވެ. އެ ސަރަޙައްދުތަކަށް ޙަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޒާރު ޔަހޫދީން ކުރުމާ އެކު، އެ ހިސާބުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ލުބްނާންގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން މަސައްކަތް ކޮށްފައިވެއެވެ.
ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކާ އެކު، ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން އަނެއްކާ ވެސް ޤަތުލުޢާންމެއް ފަށާފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. “އަޅުގަނޑުމެންނަށް ދިރިއުޅެން ޖެހިފައި މި ވަނީ ވަރަށް ނުރައްކާތެރި ހާލަތެއްގައި، ކަންކަން މި ބީދައިން ހިނގަމުންދާ ނަމަ، [ސުލްޙަ ދެމިއޮންނާނެ ކަމުގެ] ހުރިހާ އުންމީދު ގެއްލޭނެ. މި ކަމުގެ ނަތީޖާ ފެންނާނީ ކޮން ގޮތަކަށް ކަން އެއްވެސް މީހަކަށް ދަންނަވަން ނޭނގޭނެ،” ޠަޔިރް ދަބާގެ މޭޔަރު ފަރީދް ނަހްނޫޙް ވިދާޅުވިއެވެ. ލުބްނާންގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު އެކުލަވައިލާފައިވާ އެއްބަސްވުމަށް އިޙްތިރާމު ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ޙިޒްބުاللهން ދަނީ އަރުވަމުންނެވެ. ނަމަވެސް، ޔަހޫދީންގެ އަނިޔާވެރި އަދި ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ޙައްޤު އެ ޖަމާޢަތަށް ލިބިގެންވާ ކަމަށް ޤަބޫލު ކުރާ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ. އެއްބަސްވުމަށް އިޙްތިރާމު ކުރާ ނަމަ، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުން ޙިޒްބުاللهގެ މުޖާހިދުން ފައިބަން ޖެހޭނެއެވެ. އަދި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އެ ޖަމާޢަތުގެ މެންބަރުންނަށް ހަތިޔާރު ބެހެއްޓުމަށް ވެސް މަޖުބޫރުވާނެއެވެ.
ލުބްނާންގެ ދެކުނުގައި ތިބި ޙިޒްބުاللهގެ މުޖާހިދުންގެ ހަތިޔާރު އަތުލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ލުބްނާންގެ އަސްކަރިއްޔާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ޙިޒްބުاللهގެ ހަތިޔާރު ގުދަންތައް ހޯދައި، އެ ތަންތަނުގައި ރައްކާކޮށްފައި ހުރި ހަތިޔާރުތައް ނައްތައިލުމަށް ވެސް ލުބްނާން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ ގޮތުން އެއްބަސްވުމެއް އެކުލަވައިލުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި އެމެރިކާގެ އެންމެ ބޮޑު ޝަރުޠެވެ. އެ ކަން ފުރިހަމަ ކުރުމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވަނީ ލުބްނާންގެ ސަރުކާރަށް މި އަހަރު ނިމުމާ ހަމައަށް މުހުލަތު ދީފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
