
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހުވަގުތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަމްޒާ މުހައްމަދު ކާމިޔާބު ކުރި ލަނޑާއެކު އޮޑި ސްޕޯޓްސް ކުލަބް އަތުން މޮޅުވެއްޖެއެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ. މި މޮޅާ އެކު، މާޒިޔާ އިން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑް އިތުރަށް ދަންމާލައިފައި މި ވަނީ ހަތް ވަނަ މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ތާވަލުގެ ދެ ވަނައިގައި އޮތް އޮޑި އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް އަށް ހަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. އޮޑި ކުރީގައި އޮތީ ޖެހި ގޯލުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތު ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 5 ވަނަ މިނުޓުގެ ތެރޭގައި ހަމްޒާ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއް ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މެޗުގެ 28 ވަނަ މިނިޓުގެ ތެރޭގައި މާޒިޔާގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ ވެއްޓިގެންފަ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެއެވެ. މެޗުގެ 32 ވަނަ މިނިޓުގައި އޮޑީގެ އިބްރާހިމް ވަހީދު ހަސަން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފު ވަނީ އަތުލައިގެންފައެވެ. ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓުގައި މާޒިޔާގެ ހަމްޒާ އޭރިޔާ ތެރެއިން ހަސަން ނަޒީމަށް ޖައްސާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.
އޮޑީގެ އޭރިޔާ ބޭރުން މާޒިޔާގެ ގާނާ މިޑްފީލްޑަރ ރީގަން އޮބޭންގް ފޮނުވާލުމުން އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު ވަނީ ދިފާއު ކޮއްފައެވެ. މެޗުގެ 74 ވަނަ މިނިޓުގައި އޮޑީގެ އިބްރާހިމް އިމްރާން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާގެ ހަމްޒާ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލީ ބޯޅަ ކީޕަރު ދިފާއު ކުރިއިރު އޭގެ މިނިޓެއް ފަހުން ހަމްޒާ އޭރިޔާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލާ ވަނީ ގޯލަށް ބޯޅަ ވައްދާލާ މާޒިޔާ މޮޅުކޮއްދީފައެވެ. މި މެޗުން ހޯދި މޮޅާއެކު މާޒިޔާ ވަނީ ލީގުގަ ކުޅުނު ހަތް މެޗުވެސް ކާމިޔާބުކޮއްފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
