
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ސަޢުދީ ޢަރަބިއްޔާގެ ރިޔާޛްގައި ފެށުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ އެންމެ ފަހުގެ ޤައުމީ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް ޗެމްޕިއަން އައިޝަތު ރަފާ ނާޒިމާއި، ޤައުމީ ގިނަ ރިކޯޑުތަކެއް ހަދާފައިވާ ފެތުންތެރިޔާ ޢަލީ އިމްއާންއެވެ. މި ދެ އެތުލީޓުންގެ ނަން ހާމަކޮށްފައިވަނީ އެތުލީޓްސް ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު ޢްބްދުލް ސައްތާރު (ޗަމްޕީ) އެވެ. ޤައުމީ ދިދަ ޙަވާލްކޮށްދެއްވުމަށްފަހު، ޢަބްދުލް ސައްތާރު ވިދާޅުވީ މިފަދަ ބޮޑު ގޭމްސްއެއްގައި ދިވެހި ރާއްޖޭގެ ހުރިހާ އެތްލީޓުންގެ ފަރާތުން ދިދަ އުފުލާލަން ލިބުމަކީ ވަރަށް ފަހުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ކޮންމެ ކުޅުންތެރިންއަކަށް ލިބޭނެ ޝަރަފެއް ނޫން ކަމަށާއި، ކޮންމެ އެތުލީޓަކުވެސް މަސައްކަތް ކުރަންވީ މޮޅު ކުޅުންތެރިއަކަށްވެ، ޤައުމީ ދިދަ އުފުލާލުމުގެ ޝަރަފު ލިބިގަތުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މި ފަހަރުގެ ޤައުމީ ޓީޓީ މުބާރާތުގެ ތައްޓާއެކު މިއީ ރަފާ ގައުމީ ތަށި ހޯދި ތިންވަނަ ފަހަރެވެ. މީގެ ކުރިން ރަފާ ވަނީ 2017 އާއި 2018 ވަނަ އަހަރު ޤައުމީ ޗެމްޕިއަންކަން ހޯދާފައެވެ. އިނގިރޭސިވިލާތުގައި އެމްބީބީއެސް ކިޔަވަމުން އަންނަ ރަފާ، ދަނީ އޭނާގެ ކުރީގެ ފޯމު ދަމަހައްޓަން ބްރޭކުގައި ޓީޓީ ޕްރެކްޓިސް ކުރަމުންނެވެ. މީގެ އިތުރުން ޤައުމީ ފެތުންތެރިޔާ ޢަލީ އިމްއާނަކީ ޤައުމީ ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާ ފެތުންތެރިއެކެވެ. އެގޮތުން އިމްއާން ވަނީ 2023 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި 100 މީޓަރު އަދި 200 މީޓަރު ބެކްސްޓްރޯކް ޤައުމީ ރިކޯޑު ހަދާފައެވެ.
ރަފާއާއި އިމްއާން ބުނީ ޤައުމީ ދިދަ އުފުލާލަން ލިބުމަކީ ކުޅިވަރުގެ ޙަޔާތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ކުރިއަށްދިއުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
