
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިމަހުގެ 2 ވަނަ ދުވަހު ކޮޅިވެއްޓި ބަންޑުންޖަހާލި ހާދިސާގައި ކެޕްޓަން އަތުގައި އެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ބުނެފައިވަނީ އެ ފަރާތުގެ ލައިސަންސްގައި އެ އުޅަނދު ދުއްވުމުގެ ކެޓަގަރީ ނުހިމެނޭތީކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން ވިދާޅުވެއްޖެއެވެ. އެމްޕީއެލްއިން މިހެން ވިދާޅުވީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅޭގޮތުން 6 އެމްޕީއެލްއިން ނެރުއްވި ނޫސް ބަޔާނުގައި ހިމެނޭ މަޢުލޫމާތެެއް އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ހިއްސާކުރެއްވި މައުލޫމާތެއްގައެވެ.
އެމްޕީއެލްއިން ވިދާޅުވީ ކޮޅުވެއްޓިގެ ކެޕްޓަން އަތުގައި އެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ބުނެފައިވަނީ އެ ފަރާތުގެ ލައިސަންސްގައި އެ އުޅަނދު ދުއްވުމުގެ ކެޓަގަރީ ނުހިމެނޭތީކަމަށެވެ. އަދި އެކަން އެ ކުންފުނިން ވާނީ ކަމާ ގުޅޭ ވުޒާރާއިން ކަށަވަރުކޮށްފައިކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ. އެމްޕީއެލްއިން ވިދާޅުވީ އެ އުޅަނދު ދުއްވުމަށް 100 ގްރޮސް ޓަނޭޖަށްވުރެ މަތީ އުޅަނދު ދުއްވުމުގެ ކެޓެގަރީ ލައިންސްގައި ހިމަނަންޖެހޭކަމަށެވެ.
މި ބޯޓު ބަންޑުން ޖަހާލީ ލޭންޑިން ކްރާފްޓަރަކަށް 2 އެކްސްކަވޭޓަރ ބަރުކުރުމުގެ ތެރޭގައެވެ. މި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ނިޔާވިއެވެ. މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ވަނީ އެތެރޭގެ ތަހުޤީގެއް ހިންގަވާފާއެވެ. އަދި މި ތަޙުޤީޤުގެ ޢިބްތިދާޢީ ހޯދުންތައް މިހާރު ވަނީ ޢަންމުކުރައްވާފައެވެ.
މި އޮޕަރޭޝަންގައި 2 އެކްސްކެވޭޓަރ އެރުވުމަށް މުދާ އެތެރެކުރި ފަރާތް ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަންހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަމަށް އެމްޕީއެލްގެ ތަޙުޤީޤުގެ ޢިބްތިދާޢީ ހޯދުންތަކުން ވަނީ އެނގިފައެވެ.
އެމްޕީއެލްއިން ވިދާޅުވީ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދުގެ ކެޕްޓަން ކަމަށެވެ. އަދި ކެޕްޓަން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން 2 އެކްސްކެވޭޓަރ ލޭންޑިންގ ކްރާފްޓްގައި ބެހެއްޓުމަށްފަހު، ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އެހެންނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިންގ ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ އެއް ފަރާތަކަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލުމަށް މެދުވެރިވި ސަބަބުކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
