
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާ އާއި ޔަހޫދީންނާ ދެމެދު ސަލާމަތީ އެއްބަސްވުމެއް ޤާއިމުކުރަން އެހީތެރިވުމުގެ ގޮތުން، ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އަސްކަރީ ވައިގެ މަރުކަޒެއްގައި އެމެރިކާ ސިފައިން ޤައިމުވެތިބެން ނިންމާފައިވާކަމަށް، އެކި މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނެފިއެވެ. ސޫރިޔާ އާއި ޔަހޫދީންނާ ދެމެދު ގުޅުން ވަރުގަދަކުރަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ގެންދަވަނީ ބާރުއަޅުއްވަމުންނެވެ.
އަދި ސޫރިޔާގެ ދެކުނުގެ މުޙިންމު ސަރަޙައްދެއްގައި ހުންނަ މި ވައިގެ މަރުކަޒަކީ، ސޫރިޔާ އާއި ޔަހޫދީންގެ މެދުގައި ސުލްޙަ ޤާއިމުކޮށްފައިވާ ބޭއްވުމަށް މުޙިންމު ދަޢުރެއް އަދާކުރާނެ މަރުކަޒެއްގެ ގޮތުގައި ތަފާތު ހަ އޮފިޝަލަކާ ޙަވާލާދީ އެ ނޫހުން ބުނެފައިވެއެވެ. އެ މަރުކަޒުގައި އެމެރިކާ ސިފައިން ބައިތިއްބަނީ، ޔަހޫދީންނާއި ސޫރިޔާއާ ދެމެދު ސޮއިކުރުވަން އެމެރިކާއިން މަސައްކަތް ކުރަމުންދާ އެއްބަސްވުމަށް ދެ ފަރާތުންވެސް އިޙްތިރާމް ކުރޭތޯ ޔަޤީންކުރުމުގެ ބޭނުމުގައި ކަމަށް އެ ނޫހުން ބުންޏެވެ.
މިފަދަ ނިންމުމެއް ނިންމާފައިމިވަނީ، ޓްރަމްޕްއާ ބައްދަލުކުރައްވަން، ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު، އަންނަ ހޯމަ ދުވަހު އެމެރިކާއަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. މިއީ ސޫރިޔާގެ އެންމެ އިސް ވެރިއަކު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް، އެމެރިކާގެ ސިފައިން ދިމިޝްޤަށް ފޮނުވާނެ ސީދާ ތާރީޚެއް އަދި މުޅީން ނިންމާފައެއް ނުވެއެވެ. ޝަރާޢު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، ސޫރިޔާގައި އެމެރިކާ ސިފައިން ތިބޭނަމަ، ސޫރިޔާގެ އައު ސަރުކާރުގެ ރުހުން އޮންނަންޖެހޭނެއެވެ.
އެމެރިކާގެ ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން ސޫރިޔާގައި ހުރި އެމެރިކާގެ ހަތަރު އަސްކަރީ މަރުކަޒަކުން ސިފައިން ވަނީ ބާލައިފައެވެ. ޓްރަމްޕް ވިސްނަވާފައި ވަނީ ސޫރިޔާގައި ހުރި އަށް އަސްކަރީ މަރުކަޒު އެންމެ މަރުކަޒަކަށް މަދު ކުރައްވާށެވެ. އެ މަސައްކަތުގެ ދަށުން ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު 2،000ން 1،000އަށް މަދު ކުރާނެ ކަމަށް އެމެރިކާ ސަރުކާރުން މިދިޔަ އޭޕްރީލް މަހު ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
