
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ކުރިމަގާ މެދު އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ތުރުކީވިލާތާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ އޮކްޓޫބަރު 10ވަނަ ދުވަހުއެވެ. ދެ އަހަރަށް ފަހު ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމުގައި ކުރި މަޝްވަރާތަކުގައި ތުރުކީވިލާތުން މެދުވެރިއެއްގެ ގޮތުގައި އިސް ދައުރެއް އަދާކޮށްފައިވެއެވެ.
އިސްތަންބޫލުގައި ބޭއްވި މަޝްވަރާތަކުގައި ތުރުކީވިލާތް ތަމްސީލު ކުރައްވާފައި ވަނީ އެ ޤައުމުގެ ޖާސޫސީ އިދާރާ، އެމްއައިޓީ އިންޓެލިޖެންސްގެ ވެރިޔާ އިބްރާހީމް ކަލުންއެވެ. އަދި، ޙަމާސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާއެވެ. ތުރުކީވިލާތުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ، ޣައްޒާ ޤަތުލުޢާންމު ހުއްޓައިލުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އިތުރު މަރުހަލާތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ކަމުގައެވެ.
ޔަހޫދީންގެ ޤަތުލުޢާންމު މެދުކަނޑައިލާފައި ވަނީ ޣައްޒާއިން 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އަދި، އެ ސަހަރުގެ 2.2 މިލިޔަނެއްހާ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކުގެ ބޮޑު ބަޔެއް ސުންނާފަތިކޮށްލުމަށް ފަހުއެވެ. ތުރުކީވިލާތުގެ މަޞްދަރުތަކުން ބުނީ، ކަލުންއާއި ޙައްޔާގެ ބައްދަލުވުމުގައި، އެއްބަސްވުން ދެމެހެއްޓުމަށް ޔަހޫދީންގެ ކިބައިން ކުރިމަތި ކޮށްފައިވާ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމުގައެވެ.
ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އަދި، ޢާންމުން ޝަހީދުކޮށް، އެ މީހުންގެ ގެދޮރު ސުންނާފަތި ކުރަމުންނެވެ. ނަމަވެސް، ޙަމާސުން ދަނީ އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، އެއްބަސްވުމާ އެއްގޮތަށް، ނޮވެންބަރު 5ވަނަ ދުވަހު ޙަމާސުން ވަނީ މަރުވެފައިވާ އިތުރު އަސީރެއްގެ ހަށިގަނޑު ހޯދައި، ޔަހޫދީންނާ ޙަވާލު ކޮށްފައެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި މަރައިލާފައިވާ އިތުރު އަސީރުންގެ ހަށިތައް ހޯދުމަށް ޙަމާސުން މަސައްކަތް ކުރަމުންދާއިރު، އިތުރު އަަސީރެއްގެ ހަށިގަނޑު ރެޑް ކްރޮސާ ޙަވާލު ކޮށްފައިވާ ކަން ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޔަހޫދީން މަރައިލާފައިވާ ކަމަށް ޙަމާސުން ބުނާ އިތުރު އަސީރެއްގެ ހަށިގަނޑު ހޯދާފައި ވަނީ، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީންނެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ، ޙަމާސުން ޙަވާލު ކޮށްފައިވާ ހަށިގަނޑަކީ ކާކުގެ ހަށިގަނޑެއް ކަން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. އެ ކަން ކަށަވަރު ކުރެވިއްޖެ ނަމަ، ޙަމާސުން މިހާތަނަށް ޙަވާލުކޮށްފައި ނުވާ އަސީރުންގެ އަދަދު ހަޔަކަށް ދަށްވާނެއެވެ. އިތުރު އަސީރުންގެ ހަށިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަން ޙަމާސުން ވަނީ ހާމަކޮށްފައެވެ.
އެއްބަސްވުމާ އެއްގޮތަށް ޙަމާސުން އަސީރުންގެ ހަށިތައް ޙަވާލު ކުރަމުން ދިޔަ ނަމަވެސް ޔަހޫދީންގެ ޙަމަލާތައް ހުއްޓައިލާފައެއް ނެތެވެ. ޣައްޒާގެ ޞިއްޙީ ދާއިރާގެ އޮފިޝަލުން ބުނީ، ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކެއްގައި ޣައްޒާގެ މެދުތެރޭގައި އޮތް ރަށަކުން މީހަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެއީ، ކެއްކުމަށް ދަރު ހޮވުމަށް މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ޣައްޒާގައި ތިބި ޔަހޫދީ ސިފައިން ދިން ޙަމަލާތަކެއްގައި އިތުރު ދެ މީހަކު ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ވެސް ބުންޏެވެ.
އެއްބަސްވުމާ އެއްގޮތަށް ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެެއިން 20 މީހުން މިނިވަން ކޮށްފައެވެ. އަދި، އޭގެ ބަދަލުގައި ޔަހޫދީން ވަނީ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުންގެ އިތުރުން ގައިދީންގެ ތެރެއިން 2,000އެއްހާ މީހުން ދޫކޮށްލާފައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ލާއިންސާނީ އަނިޔާތައް ދީފައިވާ ކަމުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“އަންނަމަހު އެލް ނީނޯ ފެށޭނެކަަމަށް ބެލެވޭ”
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެލް ނީނޯގެ ހާލަތު ކުރިމަތިވާނެ ކަމަށް ދުނިޔޭގެ މޫސުމީ އިދާރާ (ޑަބްލިޔުއެމްއޯ) އިން ވަނީ ލަފާކޮށްފައެވެ. ނުވަ...
ބީޗް ގޭމްސްގައި ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ: ވަޒީރު ރާފިއު
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުން ނެރެމުންދާ ނަތީޖާތަކާ މެދު ކުޅިވަރާ ބެހޭ...
ދުރުރާސްތާ ޕްލޭނުގައި ބީޗް ގޭމްސަށް ބޮޑު އަހައްމިއްޔަތުކަމެއް
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބީޗް ގޭމްސް އާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ކުޅިވަރާ...
އޭދަފުށި ބަލިކޮށް، ޗެމްޕިއަންކަން މަނަދޫއަށް
(ފޮޓޯ ކްރެޑިޓްސް: އޭދަފުށި ކައުންސިލް) އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވުމަށް ބާއްވާ ރީޖަނަލް ލީގުގެ ނޯތު ރީޖަން ޒޯން 2 ގެ...
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
