
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖަރުމަނުވިލާތުގެ ނަރުހަކު އިންޖެކްޝަން ބޭނުންކޮށްގެން ދިހަ ބަލި މީހުން މަރާލައި އިތުރު 27 މީހުން މަރައިލުމަށް މަސައްކަތް ކުރުމުގެ ކުށުގައި ޢުމުރަށް ޖަލަށް ލައިފިއެވެ. ކޯޓުގައި ވަކާލާތުކުރަމުން ވަކީލުން ބުނީ އެ ނަރުސް ގިނަ ޢަދަދެއްގެ ޢުމުރުން ދުވަސްވީ ބަލި މީހުން މަރާލާފައި ވަނީ އޭނާގެ މަސައްކަތް ލުއި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ އެ ކަން ޙާޞިލް ކޮށްފައި ވަނީ ގިނަ ޢަދަދެއްގެ ތަދުކަނޑުވާ ބޭހާއި ނިދާ ބޭސް އިންޖެކްޝަން މެދުވެރިކޮށް ބަލި މީހުންނަށް ދީގެންނެވެ. އެ ޖަރީމާ އޭނާ ހިންގާފައި ވަނީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހާއި 2024ވަނަ އަހަރުގެ މެއި މަހާ ދެމެދު ހުޅަނގު ޖަރުމަނުވިލާތުގެ އާޗެންގައި ހުންނަ ކްލިނިކެއްގައެވެ.
ކޯޓުގެ ތަެރުޖަމާނަކު ވިދާޅުވީ ޖަރުމަނުވިލާތުގައި އުމުރަށް ޖަލަށްލާ މީހުން ބައެއް ޙާލަތްތަކުގައި މަދުވެގެން 15 އަހަރު ޖަލުގައި ހޭދަކުރުމުން ދޫކޮށްލާ ކަަމަށެވެ. ނަމަވެސް މި ޙާލަތުގައި ކުށްކުރި މީހާ އެ ގޮތަށް ދޫކޮށްލުމުގެ ފުރުޞަތު ވަރަށް ހަނި ކަމަށް އޭނާ ވިދާޅުވިއެވެ. ނަރުހެއްގެ ގޮތުގައި އެ މީހާ މަސައްކަތް ކުރަން ފެށި ފަހުން ހިނގާފައިވާ ތަފާތު ޝައްކުކުރެވޭ އެހެން ހާދިޘާތައް ވެސް މިހާރު ދަނީ އިދާރާތަކުން ބަލަމުންނެވެ.
މިއީ މި ފަދަ ހާދިޘާއެއް ޖަރުމަނުވިލާތުގައި ހިނގާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2019 ވަނަ އަހަރު ވެސް ޖަރުމަނުވިލާތުގެ ނަރުހެއް ވަނީ 85 ބަލިމީހުން މަރައިލި ކަމުގެ ކުށުގައި ޢުމުރަށް ޖަލަށް ލައިފައެވެ. އެއީ ފަހުގެ ތާރީޚެއްގައި ޖަރުމަނުވިލާތުގައި މީހަކު މަރާލާފައިވާ މީހުންގެ އެންމެ ގިނަ ޢަދަދެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
