
ދުނިޔޭގް ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ސުލްހައިގެ އިނާމް ދޭން ނިންމައިފި އެވެ. މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދޭން ނިންމާފައިވާ މި އިނާމް އެންމެ ފުރަތަމަ ދޭނީ އަންނަ މަހު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތު އޮންނާނީ އަންނަ އަހަރުގެ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެމެރިކާގެ ވޮޝިންގްޓަނުގަ އެވެ.
މި އެވޯޑް އެންމެ ފުރަތަމަ ދޭނީ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕަށްތޯ ނޫސްވެރިން ސުވާލު ކުރުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އެކަން އެނގޭނީ ޑިސެމްބަރު މަހުގެ ފަހެއްގައި ކަމަށެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ފީފާއިން ތައާރަފްކުރި މި އެވޯޑަކީ ސީދާ ޓްރަމްޕަށް އަމާޒުކޮށްގެން އޭނާ ރުއްސުމަށް ތައާރަފްކުރި އެއްޗެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ނޯބަލް ސުލްހައިގެ އިނާމް ޓްރަމްޕަށް ނުލިބުމުން އެކަން އޮއްބާލަން ކުރާ ކަމެއް ކަމަށެވެ.
އިންފަންޓީނޯ ވިދާޅުވީ އެކި ސަބަބުތަކާހުރެ ބައިބައިވެފައިވާ ކަންކަން ހައްލުކޮށް، މުޅި ދުނިޔެ އެކަތިގަނޑަކަށް ހަދައި ހަމަޖެހުން ގެނުވުމަށް ފުޓްބޯޅައިގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ފީފާ އަށް ކުރެވިދާނެ ކަމެއް ކަމަށެވެ. މިއާއެކު ވިދާޅުވީ ޓްރަމްޕަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ފީފާގެ ކޮންމެ ކަމެއްގައި ވެސް ޓްރަމްޕްގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
ޓްރަމްޕް ރުއްސުމަށް އިންފަންޓީނޯ ގެންދަވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ގޮތުން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ޓްރަމްޕްގެ އަމިއްލަ ޓަވަރުގައި ވޯލްޑް ކަޕަށް ހާއްސަކޮށް ފީފާގެ އޮފީހެއް ހުޅުވުމެވެ. ވޯލްޑް ކަޕް ބާއްވާ ގައުމުގައި ފީފާއިން މީގެ ކުރިން ހުޅުވަމުންދިޔައީ އެންމެ އޮފީހެކެވެ. ނަމަވެސް ޓްރަމްޕާ ޖެހުމުން އެކަން ބަދަލުކޮށް އެމެރިކާގައި ދެ ވަނަ އޮފީހެއް ޓްރަމްޕް ޓަވަރުގައި ހުޅުވުން އިންފަންޓީނޯ ވަރަށް ބޮޑަށް ދިފާއު ކުރެއްވި އެވެ. ޓްރަމްޕް ރުއްސުމަށް އިންފަންޓީނޯ ދާދި ފަހުން ކުރެއްވި ކަމަކީ ފީފާ ވޯލްޑް ކަޕާ ދިމާކޮށް 100 މިލިއަން ޑޮލަރު ހޭދަކުރާ ގޮތަށް ހުޅުވި އެޑިއުކޭޝަނަލް ފަންޑުގެ މެމްބަރެއްގެ ގޮތުގައި އޭނާގެ ދަރިކަލުން އިވާންކާ ޓްރަމްޕް ހަމަޖެއްސެވުމެވެ.
ދުނިޔޭގެ ސުލްހައިގެ ކަންކަމުގައި މި ފަހުން ފީފާ އަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި އެވެ. އެއީ ފަލަސްތީނުގެ ޢައްޒާ އަށް އިޒްރޭލުން ދެމުންދިޔަ ހަމަލާތަކާ ގުޅިގެން އެ ގައުމު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ގޮވާލުމުން އެކަމަށް ފީފާއިން އިޖާބަ ނުދިނުމުންނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދިޔައީ ރަޝިޔާއިން ޔުކްރޭނަށް އަރައިގަތުމުން ރަޝިޔާ ސަސްޕެންޑްކޮށްފައި ފީފާ އަށް އިޒްރޭލް ސަސްޕެންޑް ކުރަން ނުކެރުނީ ވެސް ޓްރަމްޕް ކޯފާވެދާތީ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
