
ރެއާލް މެޑްރިޑް ވަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ކުޅުނު 15 މެޗުގެ ތެރެއިން 13 މެޗުން ވަނީ މޮޅުވެފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އަތުން ބަލިވުމާއެކު ކުޅުންތެރިންގެ ތެރޭގައި ކޯޗު ޒަބީ އަލޮންސޯއާ މެދު ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައިވާ ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނަން ފަށައިފި އެވެ. ބައެއް މީޑިއާތަކުން ބުނަނީ ލިވަޕޫލް އަތުން ބަލިވި މެޗަށް ފަހު ބައެއް ކުޅުންތެރިން “އޭނާ ހީކުރަނީ އޭނަ އަކީ (ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު ޕެޕް) ގާޑިއޯލާ ކަމަށް،” ބުނެފައިވާ ކަމަށެވެ.
ކުރިން ހީކުރެވިފައި އޮތީ އަލޮންސޯއާ މައްސަލަ އުޅެނީ ފޯވަޑް ވިނީޝިއުސް ޖޫނިއާގެ އެކަނި ކަމަށެވެ. ނަމަވެސް ގިނަ މީޑިއާތަކުން ބުނަނީ ޓީމުގެ ތެރޭގައި އަލޮންސޯގެ މަގުބޫލުކަން ކުޑަ ކަމަށެވެ.
އެންމެ ބޮޑު ސަބަބަކީ އޭނާ އަށް ކުޅުންތެރިން މެނޭޖްކުރަން ނޭނގުން ކަމަށެވެ. ހާއްސަކޮށް ރެއާލް މެޑްރިޑަކީ ގިނަ ތަރިންތަކެއް ތިބި ކުލަބަކަށްވާއިރު ވަކިވަކި ކުޅުންތެރިން ރުއްސައިގެން ގެންގުޅެން އަލޮންސޯ އަށް ނޭނގޭ ކަމަށެވެ. އަދި ގިނަ ކުޅުންތެރިން މިހާރު ވެސް ތިބީ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީގެ ޕްލޭނުގެ ތެރޭގައި ކަމަށާއި އަލޮންސޯގެ ރޭވުންތެރިކަމަށް ހޭނެން ކުޅުންތެރިން އުނދަގޫވެފައިވާ ކަމަށެވެ.

ކުޅުންތެރިން ވަނީ ލިވަޕޫލް މެޗުގެ ފަހު ނުވަ މިނިޓް ކުޅެން ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑާ އާނޮލްޑް އެރުމުވުމުން ވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެެވެ. ރެއާލްގެ ގިނަ ކުޅުންތެރިންގެ ނަޒަރުގައި އާނޮލްޑް އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ސަޕޯޓަރުން އިންތިހާ އަށް އޭނާއަށް މަލާމާތް ކުރަމުންދަނިކޮށް ކުޅެން އެރުވުމަކީ ގޯހެކެވެ. ހާއްސަކޮށް އަނިޔާގައި ދޮޅު މަސް ހޭދަކޮށްފައި ޓީމާ ގުޅުނު ކުޅުންތެރިއަކު ލިވަޕޫލް ފަދަ ވަރުގަދަ ޓީމަކާ ދެެކޮޅަށް އެފަދަ ވާދަވެރި މެޗެއްގައި ކުޅެން އަރުވަންވާނީ އޭނާގެ ބޭނުން ހިފޭނެ ގޮތަކަށް އަދި ކުޅުންތެރިޔާ އަށް ވެސް ދަނޑުމަތީގައި އެކަށީގެންވާ ކަމެއް ކުރުމުގެ ވަގުތު ލިބޭނެ ގޮތަކަށް ކަަމަށް ރެއާލްގެ ގިނަ ކުޅުންތެރިން ދެކޭ ކަމަށް މީޑިޔާތަކުން ބުނެ އެވެ.
ރެއާލް އެންމެ ކާމިޔާބު އެއް ކޯޗަކީ ތަޖުރިބާކާރު ކޯޗު އަންޗެލޯޓީ އެވެ. އޭނާ ކޯޗުކަމުން ވަކިވީ ހުސްވި ސީޒަނުގައި ތައްޓެއް ނުލިބި ނިންމާލަން ޖެހުމުންނެވެ. ނަމަވެސް އޭގެ ފަހުން ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވި ކޯޗުގެ މަގުބޫލުކަން ކުޅުންތެރިންގެ ތެރޭގައި ބޮޑު ކަމަށް ވެސް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ. އޭގެ ސަބަބަކީ އަންޗެލޯޓީ އާއި ވަކިވަކި ކުޅުންތެރިންގެ ގުޅުން ބޮޑުވުމާއި އޭނާ އަށް ކުޅުންތެރިން ރުއްސައިގެން ގެންގުޅެން މާމޮޅަށް އެނގޭތީ ކަމަށެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް ފަރާތަކުން ބަހެއް ނުބުނެ އެވެ. އެކަމަކު ވިނީޝިއުސް އާއި އަލޮންސޯ ވަނީ މީގެ ކުރިން ވެސް ދަނޑުމަތީގައި އެކަކު އަނެކަކަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
