
އަލަށް ބިނާކުރަމުންދާ ކޭމްޕްނޯ ސްޓޭޑިއަމުގައި ބާސެލޯނާއިން ބާއްވާ ފަރިތަކުރުންތައް ބަލަން ވިއްކި ޓިކެޓް ހުސްވެއްޖެ އެވެ. މިއަދު ބާއްވާ ޕްރެކްޓިސް ބަލަން ވަދެވޭ ގޮތަށް ހަމަޖެއްސީ 23000 މީހުންނަށެވެ. މިއީ 2023 ވަނަ އަހަރުބެ މޭ މަހުގެ ފަހުން ބާސެލޯނާއިން އެ ކުލަބުގެ ރަސްމީ ދަނޑުގައި ބާއްވާ ފުރަތަމަ ހަރަކާތެވެ. މި ފަރިތަކުރުންތައް ބަލަން ކުލަބުގެ މެމްބަރުންނަށް ޓިކެޓް ވިއްކާފައިވަނީ ފަސް ޔޫރޯ އަށެވެ. އާއްމު ފަރާތްތަކަށް 10 ޔޫރޯ އަށެވެ.
ނޭމްޕް ނޯ ޒަމާނީކޮށް އަލުން ބިނާ ކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖޫން މަހު 1.3 ބިލިއަން ޔޫރޯގެ ބަޖެޓަކާއެކުގަ އެވެ. ދަނޑު މުޅިން ނިމޭއިރު އެއްލައްކަ ފަސް ހާސް މީހުންނަށް ކުޅިބަލަން ވަދެވޭނެ ސްޓޭޑިއަމް ވެގެންދާނީ ޔޫރަޕުގައިވާ އެންމެ ޒަމާނީ އެއް ސްޓޭޑިއަމަށެވެ.
ބާސެލޯނާއިން ދަނޑުގައި ބާއްވާ ފަރިތަކުރުންތަކަކީ އެނބުރި މި ތަނުގައި މެޗުތައް ކުޅެން ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ހަރަކާތެވެ. އެ ކުލަބުން އުއްމީދު ކުރަނީ މި މަހުގެ ފަހު ހަފުތާގައި އަލުން މި ދަނޑުގައި މެޗުތައް ކުޅެން ފެށުމަށެވެ. ބާސެލޯނާ އަށް މިހާރު ވެސް ދަނޑުގައި މެޗުތައް ކުޅުމުގެ ހުއްދަ އެބައޮތެވެ. ނަމަވެސް އެ ކުލަބުން ބޭނުންވަނީ ކުޅިބަލަން ވަދެވޭ އަދަދު 45000 ކަމުގައި ހެދުމަށްފަހު ސްޓޭޑިއަމް ބޭނުން ކުރަން ފެށުމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
