
މެންޗެސްޓަރ ޔުނައިޓެޑް އިން މީގެ ކުރިން ގޯސްތަކެއް ހަދާފައިވާ ކަމަށާއި ނަމަވެސް މިހާރު އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
ޕްރިމިއާ ލީގުގައި މާދަމާ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދާދި ފަހުން ޕިއަރސް މޯގަން އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ދިން އިންޓަވިއުއެއްގައި ބުނެފައިވާ ވާހަކަ ތަކަށް ރައްދު ދެމުން އަމޮރިމް ބުނެފައިވަނީ ޔުނައިޓެޑުން މީގެ ކުރިން ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.
“އޭނާ (ރޮނާލްޑޯ) އަށް އެނގޭނެ އޭނާ ދައްކާ ވާހަކަތަކުގައި ބުރަދަނެއް ހުންނާނެކަން. އަހަރެންވެސް ގަބޫލުކުރަން ކްލަބެއްގެ ގޮތުގައި ޔުނައިޓެޑް އިން ވަނީ މީގެ ކުރިން ގޯސްތަކެއް ހަދާފައި. ނަމަވެސް މިހާރު އެވާހަކަ ދެއްކުމުގެ ބަދަލުގައި މިދަނީ ކަންތައްތައް ރަގަޅު ކުރަމުން.” އަމޮރިމް ބުންޏެވެ.
“ކްލަބްގެ އޮނިގަނޑާޢި ކުޅުންތެރިން އަމަލު ކުރަންޖެހޭ ގޮތުގެ އިތުރުން ވަރަށް ގިނަ ކަންތައްތަކެއް ވަނީ މިހާރު ބަދަލުކޮށްފަ. އެހެންކަމުން ކުރިން ވެގެންދިޔަ ކަންތަކުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރު ނެތް. ކްލަބުން ބަދަލުތަކެއް ފެންނާނެ.” އަމޮރިމް އިތުރަށް ބުންޏެވެ.
މެންޗެސްޓަރ ޔުނައިޓެޑާއި އެކު އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ ދިން އިންޓަވިއުގައި ބުނެފައިވަނީ އަމޮރިމް އަށް ޖާދުތަކެއް ހަދައިގެން އެ ކްލަބްގެ ކަންތައްތައް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ޔުނައިޓެޑްގައި ތިބި ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ މޮޅު ހުނަރުވެރި ކުޅުންތެރިން ކަމަށާއި ނަމަވެސް ބައެއް ކުޅުންތެރިންގެ ވިސްނުމުގައި އެއީ އެ ކްލަބުގެ ކުޅުންތެރިން ކަމުގައި ގަބޫލުނުކުރެވޭ ކަމަށެވެ.
އަމޮރިމް އާއިއެކު ކުރިން ކުޅެފައިވާ ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑް ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފައިވަނީ 2009 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރު އޭނާ ވަނީ ޔުވެންޓަސް ދޫކޮށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފަ އެވެ.
ނަމަވެސް 2022 ވަނަ އަހަރު ރޮނާލްޑޯ ވަނީ އޭރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި އެރިކް ޓެން ހާގް އާއި ދެމެދު ޖެހުނު މައްސަލައެއްގައި އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު ސައުދި އަރަބިއްޔާގެ އަލް ނަސްރު އާއި ގުޅިފަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
