
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ރާއްޖޭގެ ކުޅިވަރު ކުރިއަރަމުން އަންނަ ދުވެލި އަވަސް ކުރަންޖެހޭކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. މާދަމާ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ފެށުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ވާދަކުރާ ބައެއް ކުޅިވަރުގެ އެތްލީޓުންނާއި މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ރާއްޖެއިން ބައިނަލްއަގްވާމީ މުބާރާތުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތައް ހޯދަމުން އަންނަކަމަށްވިޔަސް މިހާރަށް ވުރެ ގިނަ ކާމިޔާބީތައް ހޯދުމަށް އަދިވެސް ގިނަ އަދި ބުރަ މަސައްކަތް ކުރަންޖެހޭކަމަށެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަށް އަލިއަޅުވާލާ ވާހަކަދައްކަމުން ވަޒީރު ވިދާޅުވީ ކޮންމެ އެތުލީޓެއް ވެސް ބަލަންޖެހޭނީ އަބަދުވެސް ކުރިއަށްދެވޭނެ ގޮތެއް ހޯދާ އެގޮތަށް މަސައްކަތް ކުރުންކަމަށެވެ. ސައުދީގައި މިދުވަސްވަރު މޫސުމަށް އަންނަ ބަދަލަށް ހޭނި، އެކަމަށްވެސް ކުރިން ތައްޔާރުވުން މުހިންމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ވަރަށް ގިނަ ރަށްރަށުގައި ސްޕޯޓްސް އެރީނާތަކާއި ކޯޓްތަށް އަޅަމުންދާއިރު، ރާއްޖޭގެ ކުޅިވަރަށް ބޮޑު އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށް ގަބޫލްކުރެވޭ އަދި މިކަންކަަމަށް އެތްލީޓުންވެސް ހޭނި ދުވަހެއް ދުވަހަކަށް ކުރިއެރުމަށް މަސައްކަތް ކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
“ގޭމްސްތަކަށް އަންނާނީ ވަރަށް ބޮޑަށް ފޯކަސްކޮށްގެން، ވަކި ޓާގެޓްތަކެއް ހާސިލް ކުރަން. އެޓާގެޓް ހާސިލް ކުރުމަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާންޖެހޭ. އަޅުގަނޑުމެންގެ އެތްލީޓުން މިޖެހެނީ އެމީނުންނަށް ވުރެއް ބާރަށް ކުރިއަރަން، އެހެން ގައުމުތައް ކުރިއަރައިގެން އަންނައިރު، ދުވަހަކަށް ވުރެއް ދުވަހެއް އަދި އެއް މުބާރާތަކަށް ވުރެއް އަނެއް މުބާރާތުގައި ހޯދާ ކާމިޔާބީ މަތިކުރަންޖެހޭ.” ވަޒީރު ރާފިޢު ވިދާޅުވިއެވެ. މާދަމާ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ފެށުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ހޭންޑްބޯޅަ ފިރިހެން އަދި އަންހެން ޓީމް، އެތުލެޓިކްސްގެ އަންހެން އަދި ފިރިހެން އެތުލީޓް އަދި ސްވިމިންގް ޓީމްގައި ފިރިހެން ފަސް ފެތުންތެރިން އަދި ހަތަރު އަންހެން ފެތުންތެރިން ހިމެނޭއިރު، ޓޭބަލް ޓެނިހުން ތިން ފިރިހެން އަދި ތިން އަންހެން ކުޅުންތެރިން ވާދަކުރާނެއެވެ.
މި ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އަދި ޑެޕިއުޓީ ޗެފް ޑި މިޝަން އަކީ، މަރިޔަމް ޝައުފާއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
