
ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ނިސްބަތުން ދެވަނައަށް އެންމެ ބޮޑަށް ހިއްސާއެއް އޮތީ އިމާރާތްކުރުމުގެ ސިނާޢަތުގައެވެ. ސަރަހައްދީގޮތުން ބަލާނަމަވެސް ސަރަހައްދުންގެ އެހެން ކުދިން ޖަޒީރާ ޤައުމުތަކާއި އަޅާބަލާއިރު ދިވެހިރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާޢަތް ވަރުގަދައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، އަމިއްލަ ވިޔަފާރިތައް އޮތީ ދައުލަތަށް އާދޭސް ކުރަން ޖެހޭ ހާލަތަށް ވެއްޓިފައެވެ. ސަރުކާރުގެ އެކި މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި، ބައެއް ކުންފުނިތައް ބަނގުރޫޓުވެ އަނެއްބައި ކުންފުނިތައް އޮތީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައެވެ. ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެނެވިއިރުު، ރާއްޖޭގެ އިޤްތިޞާދު ޑިޒައިންކޮށްފައިއޮތީ، ބަނގުރޫޓުވާ ބަނގުރޫޓުވާގތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގަންނަވައި އެންމެ އިސްކަމެއް ދެއްވީ ޤައުމުގެ މާލީ ހާލަތު ރަނގަޅުކޮށް، މާލީ ނިޒާމު ހަމަ މަގަށް އެޅުވުމަށެވެ. ދަރަނިތައް އަދާކުރުމަށެވެ. ސަރުކާރަށް މިއަދު ދެ އަހަރު ފުރޭއިރު، ރައްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާ އަމިއްލަ ވިޔަފާރިތަކަށް އޮތް ހިތްހަމަ ޖެހުމަކީ މިއަދު ފުނިޖެހިފައިވާ ދަރަނިތަކަށް ފައިސާ ލިބެން ފެށުމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ދަރަންޏެއް އަދާކޮށް ނިމޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. މީގެ ކުރިން ސަރުކާރުން އަމިއްލަ ކުންފުނިތަކާއި މަޝްރޫޢުތައް ހަވާލުކޮށް މަސައްކަތް ކުރިއަށް ގެންދިޔަނަމަވެސް، ރައްޔިތުންގެ އަބަދުވެސް ޝަކުވާއަކީ އެ މަސައްކަތްތައް އެކަށީގެންވާ ބާރު މިނެއްގައި ކުރިއަށް ނުދިއުމެވެ. ކުންފުނިތަކުގެ ޝަކުވާ އަކީ ފައިސާ ނުލިބުމެވެ. ސަރުކާރުން ކުރާ ޝަކުވާއަކީ އެ މަސައްކަތް އެކަށީގެންވާ މިންވަރަކަށް ކުރިއަށް ގޮސްފައި ނެތުމެވެ.
ސަރުކާރުން މިއަދު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 206 މަޝްރޫޢުއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ތާރީޙުގައިވެސް އެންމެ ގިނަ މަޝްރޫޢު ކުންފުނިތަކާއި ހަވާލު ކުރެވުނު ފަހަރެވެ. މުޅިއެކު 123 ރަށެއްގައި މަސައްކަތް ކުރިއަށް ގެންދަން ވަނީ ހަވާލުކޮށްފައެވެ. މިއީ 53 ކުންފުންޏަކާއި ހަވާލުކުރެވިފައިވާ މަސައްކަތަށްވާއިރު 3 ހަފްތާ ތެރޭގައި ކުންފުނިތައް ރަށްރަށަށް ދާން ފަށާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މީގެ ކުރިން ހުރި ޝަކުވާތަކަށް ހައްލު ލިބޭނެ ގޮތަށް އުސޫލްތަކަށް ހަރުދަނާ ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްފައެވެ. ކޮންމެ ކުންފުންޏަކާއިވެސް މަސައްކަތް ހަވާލުކުރީ މާލިއްޔަތު ޤަވާއިދުގެ ތެރެއިން 3 އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބެލުމަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ކުންފުންޏަކީވެސް ރަނގަޅަށް ހިނގަމުން އަންނަ މަސައްކަތަށް ޤާބިލް ކުންފުނިތައް ކަމަށް އެމަނިކުފާނު ވަނީ ޔަޤީންކަން ދެއްވާފައެވެ.
މީގެ ކުރިން ސަރުކާރުން މަޝްރޫޢުތައް ހަވާލުކުރަނީ އަވަހަށް ނިންމުމުގެ އަމާޒުގައެވެ. ނަމަވެސް މިހާރު މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަމަށް އިސްކަންދީ، މަޝްރޫޢުތައް މެއިންޓެނެންސް މަސްއޫލިއްޔަތުތައްވެސް އެއްބަސްވުންތަކުގައި ސަރުކާރުން ވަނީ ހިމަނާފައެވެ. ދިވެހި ކުދި ވިޔަފާރިތަކަށް ފާގަތިކަން ގެނެސްދީ، އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެ އެތައް ހަރުފަތެއް ކުރިއަށް ޖެހުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރަކީ 2040 ވަނަ އަހަރު އަންނަން ވާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެވުމެވެ. މިކަން ހާސިލްކުރުމަށް ޓެކްސް ދައްކާ ކުދި ވިޔަފާރިތައް ކޮޅަށް ޖަހައި އިޤްތިޞާދުގެ ބިންގަލަކަށް އެ ވިޔަފާރިތައް ހަދައި ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުަމށް ސަރުކާރުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގެ ސާފު ނަތީޖާވެސް މިއަދު ފެނިގެންދެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
