
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުޅިވަރުގެ 52 މަޝްރޫއެއް ނިންމުމަށް ސަރުކާރުގެ ފަރާތުން އަމިއްލަ ކުންފުނިތަކާ މިއަދު ހަވާލުކޮށްފިއެވެ. މިރަސްމިއްޔާތު ބާއްވާފަވަނީ ބާސެލޯ ނަސަންދުރައިގައެވެ. މި އެއްބަސްވުމުގެ ދަށުން އަމިއްލަ ކުންފުނިތަކުން ކުރިއަށްގެންދާނެ މަސައްކަތްތަކުގެ ތެރޭގައި ފުޓުބޯޅަ، ވޮލީބޯޅަ، ހޭންޑްބޯޅަ ބެޑްމިންޓަން އަދި ސްވިމިން ޓްރެކްތަކުގެ މަސައްކަތް ހިމެނެއެވެ. މިގޮތުން ކުރިއަށްދާނެ މަސައްކަތްތަކުގެ ތެރޭގައި މުޅިން އަލަށް ދަނޑުތައް އެޅުމާ، ދަނޑުތަކުގެ އާބާތުރަ ފިލުވާ މަރާމާތުކުރުމާ، ދަނޑުތަކަށް ބޭނުންވާ ލައިޓިން މަސައްކަތާ ޓާރފް އަދި ވަށާފާރުލުމުގެ މަސައްކަތްފަދަ ދަނޑުތައް ނިންމުމަށް ބޭނުންވާނެ ގިނަގުނަ މަސައްކަތްތަކެއް ހިމަނާފަވެއެވެ.
މިމަޝްރޫޢުގެ ދަށުން ފުޓްބޯޅައާ ގުޅުންހުރި 22 މަޝްރޫއެއް ހަވާލުކުރެވިފަވާއިރު، މިމަޝްރޫޢުތައް ކުރިއަށްދާނީ ބ. ދޮންފަނު، ބ. ކިހާދޫ، ޏ. ފުވައްމުލައް، މ. މުލައް، މ. ވޭވަށް، ހއ. މާރަންދޫ، ށ، ފޭދޫ، ތ. މަޑިފުށި، ށ. މާއުނގޫދޫ، ރ. ވާދޫ، ހއ. އިހަވަންދޫ، ހދ. ނޭކުރެންދޫ، އއ. މާޅޮސް، ބ. ދަރަވަންދޫ، ދ. މާއެނބޫދޫ، ހދ. ވައިކަރަދޫ، ނ. ވެލިދޫ، ހދ. ނައިވާދޫ ތ. ކިނބިދޫ، ގދ. ފިޔޯރީ ހދ. ނޮޅިވަރަމް އަދި ހދ. ކުޅުދުއްފުށި ސިޓީގައެވެ. މިރަށްތަކުގައި ކުރިއަށްދާނެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ފުޓްބޯޅަ ދަނޑުތަކުގެ ލައިޓިން މަސައްކަތް، ބައުންޑްރީ ވޯލްލުން، ފެންސްޖެހުން، ޓާފް އެޅުންފަދަ މަސައްކަތެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މީގެ އިތުރުން ފުޓްސަލް ތަރައްޤީކުރުމަށް 10 މަޝްރޫއެއް ހިމަނާފަވާއިރު މިމަޝްރޫޢުތަކާއެކު ފުޓްސަލް ދަނޑުތައް ތަރައްޤީކުރުމަށް ހަމަޖެހިފަވަނީ ށ. ފުނަދޫ، ށ. ފޯކައިދޫ، ބ. ފެހެންދޫ، ހދ. ކުމުންދޫ، ހދ. ކުރިނބީ، ށ. ފޭދޫ، ށ. ޅައިމަގު، ތ. ކިނބިދޫ އަދި ތ. ވިލުފުށީގައެވެ. ހޭންޑްބޯޅަ ކުރިއެރުވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯޓުތައް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ދާދި ފަހުން ދެއްވާފަވާއިރު، މިއަދު ހަވާލުކުރެވުނު ކުޅިވަރު މަޝްރޫޢުތަކުގެ ތެރޭގައި މި ކުޅިވަރަށްވެސް ވަނީ ޚާއްސަ ސަމާލުކަމެއްދެއްވާފައެވެ. މިގޮތުން 14 ރަށެއްގައި ހޭންޑްބޯޅައާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާވާފަވާއިރު އޭގެ ތެރެއިން 11 ރަށެއްގައި މިކުޅިވަރަށް ޚާއްސަ އައު ކޯޓުތަކެއް އެޅިގެންދާނެއެވެ.
ހޭންޑްބޯޅައާ ގުޅުންހުރި މަޝްރޫޢުތައް ކުރިއަށްދާނީ ފ. ނިލަންދޫ، ށ، ފޯކައިދޫ، ށ. ފުނަދޫ، ށ. ފޭދޫ، ތ. ކިނބިދޫ، ތ. ވިލުފުށި، ގދ. ތިނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ރ. އުނގޫފާރު، ޅ. ނައިފަރު، މ. ނާލާފުށި، ބ. އޭދަފުށި އަދި ގދ. ވިލިނިގިލީގައެވެ. މިމަސައްކަތުގެ ދަށުން ކޯޓުތަކުގެ ލައިޓިން މަސައްކަތާ ބައުންޑްރީ ވޯލްލުމާ ފެންސްޖެހުމުގެ އިތުރުން ޓާފް އެޅުމާ ގޯލް ޕޯސްޓު ޖެހުންފަދަ ކޯޓު ނިންމުމަށް ބޭނުންވާނެ އެންމެހާ މަސައްކަތްތަކެއް ކުރިއަށްދާނެއެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ހދ. ކުޅުދުއްފުއްޓާ ތ. ވިލުފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފަވަނީ ފުޓްސަލް އަދި ހޭންޑްބޯޅަވެސް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ މަލްޓި ޕާޕަސް ކޯޓެކެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މީގެ އިތުރުން ބ. ފެހެންދޫ އަދި ހދ. ނޮޅިވަރަންފަރުގެ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތާ އައްޑޫ ސިޓީ މަރަދޫ ވޮލީކޯޓުގައި މިހާރު ނުނިމި ހުރި މަސައްކަތްވެސް މިމަޝްރޫއުގެ ދަށުންވަނީ އަމިއްލަ ކުންފުނިތަކަކާ ހަވާލުކޮށްފައެވެ. އަދި ސ. ފޭދޫގައި ބެޑްމިންޓަން ކޯޓެއް ތަރައްޤީކުރެވިގެންދާއިރު މާލޭ ކުޅިވަރު އެކުވެންޏަށް 4 ބެޑްމިންޓަން ކޯޓު އިތުރުކޮށް އެތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މިއެއްބަސްވުމުގެ ދަށުން ހދ. ވައިކަރަދޫގައި ސްވިމިންގ ޓްރެކްއެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފަވެއެވެ. މިއަދު ހަވާލުކުރެވުނު މި 52 މަޝްރޫޢު ހަވާލުކޮށްފަވަނީ 8 ކުންފުންޏަކާއެވެ. އެއީ އެޝުއާ ސަޕްލައި، ކޯރލައިން، މާލާ، ތުރީ ޓްރީ، އެލީޓް އިންޓަނޭޝަނަލް، ޓްރަސްޓެންގ މޯލްޑިވްސް، މޭނާ، ފެޑޯ އަދި އެކުއާ ލައިން ޕްރައިވެޓް ލިމިޓެޑްއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
