
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ 12 ރަށެއްގައި 700 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވައިފިއެވެ. އެގޮތުން ޖުމްލަ 725 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވާފައެވެ. ކުންފުނިތަކާ ހަވާލުކުރައްވާފައިވަނީ 25 ހައުސިން ޔުނިޓާއި 50 ހައުސިން ޔުނިޓާއި 75 ހައުސިން ޔުނިޓްގެ އިތުރަށް 100 ހައުސިން ޔުނިޓް ތަރައްޤީކުރުމަށެވެ.
ކުންފުނިތަކާ ހަވާލުކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް
* ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓު ތަރައްޤީކުރަން ގްލެޓް އިންވެސްޓްމަންޓްސްއަށް
* ދ. މީދޫގައި 25 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
* އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
* ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
* މ. މުލަކުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން އޮކްސްރޯއަށް
* ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން މިމްސް ކޮންސްޓްރަކްޝަނަށް
* ގދ. ގައްދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ވޭވްލެންތަށް
* ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ސްވިފްޓު އިންޖިނިއަރިންއަށް
* ލ. ގަމުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް އަލާފް ޕްރައިވެޓް ލިމިޓެޑަށް
* ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރަން ވައިޓް ލިންކްސްއަށް
* ގއ. ވިލިނގިލީގައި 25 ހައުސިން ޔުނިޓު ތަރައްޤީކުރަން ފްލެކްސިންކަށް
* ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ފްލެސިންކަށް

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މީގެ އިތުރުން މި ރަސްމިއްޔާތުގައިވަނީ ގދ. ރަތަފަންދޫގެ ބަނދަރު ތަރައްޤީކުރުމަށް ހެވީފޯސް ޕްރައިވެޓް ލިމިޓެޑާވެސް ހަވާލުކުރައްވާފައެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގެ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމަވާފައެވެ. އޭގެތެރޭގައި ލޯނު ނަގައިގެން ގެދޮރު ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ މިދައުރުގެތެރޭގައި އަމިއްލަ ގެދޮރުގެ ޔަގީންކަން ނެތް އެއްވެސް ރައްޔިތެއް ނެތުމެވެ. 20 އަހަރަށް ބަހާލައިގެން 65000 ގެދޮރު ޔަގީންކޮށްދެއްވުމަކީ އެމަނިކުފާނުގެ ތަސައްވުރެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
