
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އައު ހިންގާ ކޮމިޓީ އެކުލަވާލިއިރު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތުން އަރައިގަތުމަށް އެންމެ ފުރަތަމަ އަމާޒަކަށްވީ ރާއްޖޭގައި ފުޓްބޯޅަ ފަށައިގަތުން ކަމަށް އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ. މި އަހަރުގެ ޖުލައި މަހު އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) އިންތިޚާބުކުރެއްވިއިރު، ރާއްޖޭގެ ފުޓްބޯޅަ އޮތީ ހުއްޓުމެއްގެ ތެރޭގައެވެ. އެގޮތުން ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ފަށާފައިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ޠާރިޤުގެ ހިންގާ ކޮމިޓީން ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނައިރު، ދިވެހި ފުޓްބޯޅައިގެ އައު ފޯމެޓެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން އެ ފޯމެޓުގެ ދަށުން ކުރިއަށްދާ އެޓޯލް ޗެމްޕިއަންޝިޕުގެ ކުޅުން ދާދި ފަހުން ވަނީ ފަށާފައެވެ.
ޕީއެސްއެމް ނިއުސް ދެއްވި އިންޓަވިއުއެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވީ އައު ހިންގާ ކޮމިޓީން އެފްއޭއެމްއާ ހަވާލުވެ އެންމެ ފުރަތަމަ އަމާޒަކަށްވީ ރާއްޖޭގައި ފުޓްބޯޅަ ކުޅުން ކަމަށެވެ. އެކަމަކު ފުޓްބޯޅަ އަލުން ފެށުމަށް އިދާރީ ގޮތުން ކުރަންޖެހުނު މަސައްކަތްތައް ވަރަށް ގިނަ ކަމަށްވެސް ވިދާޅުވިއެވެ. “އެންމެ ފުރަތަމަ އަމާޒަކަށްވީ ރާއްޖޭގައި ފުޓްބޯޅަ ކުޅުން. އެކަމަކު އިދާރީ ގޮތުން ކުރަންޖެހުނު މަސައްކަތްތައް ވަރަށް ގިނަ. އާންމުންނަށް އެކަން މާ ބޮޑަށް ނުފެންނާނެ، އާންމުންނަށް ފެންނާނީ ފުޓްބޯޅަ ކުޅޭތަން.” ޒަރީރު ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ ފުޓްބޯޅަ ލީގު ފަށައިގެން ކުރިއަށްދާއިރު އެފްއޭއެމްގެ ހިންގުން ހަރުދަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅިގެ މައި ޖަމުއިއްޔާ، ފީފާއާ އެކުގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކަނޑައެޅި ގޮތަށް ދިވެހި ލީގާއި އަތޮޅު މުބާރާތް ކުރިއަށްދާއިރު، އަންހެން ފުޓްބޯޅަ އާއި، ފުޓްސަލް އަދި ބީޗް ސޮކަރގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ އަތޮޅު މުބާރާތް ފެށިއިރު ޓީމުތަކަށް ތައްޔާރުވުމަށް މާ ގިނަ ވަގުތު ނުދެވުނު ކަމަށާއި، އެކަމަކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އައު ފޯމެޓް ހަމައަކަށް އެޅިގެންދާނެ ކަމަށެވެ. “މި ސީޒަން މި ދަނީ ތަންކޮޅެއް އަވަސްކޮށް، އުނދަގޫކޮށް. އެކަމަކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އައު ފޯމެޓް ހަމައަކަށް އެޅިގެންދާނެ. އެހެންކަމުން މިދިޔަ މަދު ދުވަސްކޮޅުގެ ވަރަށް ގިނަ ކަންތައްތައް ކުރެވިއްޖެ.” ޒަރީރު ވިދާޅުވިއެވެ. އެފްއޭއެމްއިން އެޓޯލް ޗެމްޕިއަންޝިޕްގެ ފޯމެޓް ރާވާފައިވާ ގޮތަކީ ފީފާ ފޯވާޑްގެ ރުހުން ލިބިފައިވާ އޮނިގަނޑެކެވެ. އެޓޯލް ޗެމްޕިއަންޝިޕަށް ފީފާއިން 266،000 ޑޮލަރު (4.1 މިލިޔަން ރުފިޔާ) ގެ އެހީއެއް ދޭން ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
