
(ފޮޓޯ ކްރެޑިޓްސް: ޔޫއެން)
އަމާޒަކީ ޤަދަރުވެރި ބަޔަކު އުޅޭ އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށް، އިންސާފު ޤާއިމުކުރެވިފައިވާ އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިސްރަށްވެހިންގެ ޙައްޤުތައް ރައްކާތެރިކޮށް އެ މީހުން ބާރުވެރިކުރުވަން ކުރަންޖެހޭ ކަންކަން މި ސަރުކާރުން ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ދަށުން އިޖުތިމާޢީ ރައްކާތެރިކަން ޤާއިމުކޮށް، ގަދަރުވެރި ބަޔަކު އުޅޭ، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމުގެ އަމާޒަށް ވާޞިލުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ނާޒުކު ހާލަތްތަކުގައިވާ ޢާއިލާތައް ދުރާލާ ދެނެގަނެ، ދުރާލާ އެހީތެރިކަން ފޯރުކޮށްދީ، އެ މީހުން ބާރުވެރިކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. ވަޒީރު އައިޝަތު ޝިހާމްގެ ވާހަކަފުޅުގައި ސިޔާސަތު ކަނޑައަޅާ ލެވެލްގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނުން ކައުންސިލަރުންގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްސަކުރުމުން ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކުން 33 އިންސައްތަ އަންހެނުންނަށް ވަނީ ޚާއްސަކޮށްފައި. ލޯކަލް ކައުންސިލްތަކުގައި އަންހެނުން ތަމްސީލްކުރާ މިންވަރު 6.1 އިންސައްތައިގައި 2017ގައި ހުރިއިރު، މިހާރު އެ ދަދަދު ހުރީ 39.7 އިންސައްތައިގައި.” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ހަމަހަމަކަމާއެކު ހުރިހާ ޖިންސަކަށްވެސް ލީޑަރޝިޕްގެ ދައުރުތައް ހޯދައިދޭން ސަރުކާރުން ބޭނުންވާ ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކާއެކު ސިވިލް ސަރވިސްގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 83 އިންސައްތައީ އަންހެނުން ކަމަށާއި އެގްޒެކެޓިވް ލެވެލްގެ ވަޒީފާތަކުގައި 56 އިންސައްތަ އަންހެނުން އެބަތިބި ކަމަށެވެ. އަދި ރާއްޖޭގައި ޤާނޫނީ ވަކީލުންގެ ތެރެއިން 49 އިންސައްތަަ ޙިއްސާކުރަނީ އަންހެނުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ވިޔަފާރީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް، 100 މިލިޔަން ރުފިޔާގެ ލޯން ސްކީމެއް މިހާރު ތަޢާރަފްކޮށްފައިވާ ކަމަށާއި އެ ލޯން ސްކީމްގެ ތެރެއިން 25 އިންސައްތަ ދޫކުރުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްކަމަށްވެސް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
