
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުން ކޮންމެ މަޝްރޫޢެއްވެސް ކުރިއަށްގެންދާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާ ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނީ ނިޒާމުގެ ތެރެއިން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހުރިހާ އިޖުރާޢަތްތަކެއްވެސް ފުރިހަމަކޮށްގެން ކަމަށެވެ. އަދި 153 ކުންފުންޏަކާ 123 ރަށެއްގެ މަޝްރޫޢުތައް ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހަވާލުކުރެވިފައިވާއިރު މި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ކުންފުނިތަކަށް އެއްވެސް ދައްޗެއް ނުވާނެގޮތަށް ކަންކަން ރޭވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެކުރިން މަޝްރޫޢުތައް މަޑުޖެހިފައި ހުންނަނީ ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ނުލިބިގެން ކަމަށާއި ނަމަވެސް އެކަންކަން މިހާރު ހައްލުކުރެވި އެއްބަސްވުމާ އެއްގޮތަށް ހުރިހާ މަޝްރޫޢެއްގެ މަސައްކަތްވެސް ފަށައި، ހަލުވި ދުވެލީގައި ކުރިއަށްދާނެ ކަމަށެވެ. އަދި މަޝްރޫޢުތަކަށް މާލީ ވުޒާރާއިންނާއި ބޭންކުން ދޭންޖެހޭ އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. “ވަރަށް ގިނަ ކަންކަން އެއްފަހަރާ ހާސިލްވާގޮތަށް ކަންކަން ކުރެވޭގޮތް ތަރުތީބުކޮށް، މިކުރަނީ ކޮންކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އެނގޭގޮތަށް ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެންނަ ގޮތަށް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރުމުގައި ފުރިހަމަ ނިޔަތުގައި ފުރިހަމަ އަޒުމުގައި މުޅި ސަރުކާރު ގުޅިގެން މި މަސައްކަތް ކުރިއަށް މިގެންދަނީ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ އޮޑިޓްކޮށްފައިވާ 3 އަހަރު ދުވަހުގެ މާލީ ސްޓޭޓްމަންޓުތައް ހުށަހަޅައިގެން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މަޝްރޫޢުތައް މޮބިލައިޒް ކުރެވި ތަވާލާއެއްގޮތަށް ކުރިއަށްގެންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންނެވިގޮތަށް ގެދޮރުވެރިކަމުގެ ދާއިރާއިން ގިނަ މަޝްރޫޢުތަކުގައި މިހާރު ސޮއިކުރެވިފައިވާއިރު އެ މަޝްރޫޢުތަކަށް ޚާއްސަ އިސްކަމެއް ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވަޢުދުފުޅާއެއްގޮތަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ އިންތިޒާމުތައްވެސް މިހާރު ހަމަޖެހިފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
