
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަދުގެ ސަރުކާރުން ބޭނުންވަނީ ޕްރައިވެޓް ކުންފުނިތަކާ ގިނަ މަޝްރޫއުތައް ހަވާލުކޮށް، އާންމު ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ ތާއީޚުގައި ދިވެހި ރައްޔިތުންގެ އަމިއްލަ ކުންފުނިތަކާ އެންމެ ގިނަ މަޝްރޫއުތައް ހަވާލުކުރެވުނު ތާރީޚީ ދުވަހެއް ކަމަށާއި މިއީ ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބަކަށްދާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި މަޝްރޫއުތައް ހަވާލުކުރެވުނީ ޑިފޯލްޓްކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސާދެއް ނަގައި ކޮޅަށް ޖަހައި، ކުންފުނިތަކުގެ އިތުބާރު ސަރުކާރާއި އިގްތިސާދަށް ލިބިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެންނާ ހަވާލުވިއިރު، ފުން އަދަވަޅަކަށް ވައްޓާލާފައިވާ، ޑިފޯލްޓް ކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސާދެއް ނަގައި ކޮޅަށްޖަހައި، ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ސަރުކާރުތަކުގެ ތެރެއިން އެންމެން ވެގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަދު މި ސޮއިކުރުމާހަމައަށްވެސް މިއާދެވުނީ ހަގީގަތުގައި. އެއީ އިގްތިސާދުގައި މި ބުންވަރު ނެތްނަމަ މި ދުވަހެއް ނާންނާނެ. އިގްތިސާދާމެދުގައި ސަރުކާރާ މެދުގައި ޕްރައިވެޓް ސެކްޓަރގެ އިތުބާރު ނެތްނަމަ މި ދުވަހެއް ނާންނާނެ،” ރައީސް ވިދާޅުވިއެވެ.
ޕްރައިވެޓް ސެކްޓަރގެ 153 ކުންފުންޏަކާ އެކި ދާއިރާތަކުން މަޝްރޫއުތައް ހަވާލު ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ނަތީޖާއަކަށް ވެގެނދާނީ ރާއްޖެގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރައި، އިގްތިސާދު ކުރިއެރުން ކަމަށެވެ. އަދި ކުރިއަށްއޮތްތާނގައިވެސް އަމިއްލަ ކުންފުނިތަކާ އެކި މަޝްރޫއުތައް ހަވާލުކޮށް، ރާއްޖޭގެ އާންމު ފަރުދުން މުއްސަނދި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ގިނަ މަޝްރޫއުތައް އަމިއްލަ ފަރާތްތަކަށް ލިބިގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ އާންމު ފަރުދުން މުއްސަނދިކޮށްދޭން. އާންމު ފަރުދުންނަށް މިފަދަ މަޝްރޫއުތައް ލިބުމުން އެ މަޝްރޫއުގެ ތެރެއިން އަންނަ ޗެއިންގެ ތެރެއިން ލޮޖިސްޓިކް ޗެއިންގެ ތެރެއިން، މެޓީރިއަލް ޗެއިންގެ ތެރެއިން، މަސައްކަތްތަކުގެ ތަރުތީބުގެ ތެރެއިން މިހުރިހާ ދިމާލަކުން މި މަސައްކަތްތައް ފޭދިގެންދާއިރު އެތައް ބަޔަކަށް ފައިދާވާނެ. އޭގެ ސަބަބުން މުޅި އިގްތިސާދު ވަރަށް ބިޒީ ވެގެންދާނެ. އޭގެ ސަބަބުން ޕްރޮޑަކްޓިވިޓީ އެތައް ގުނައަކުން އިތުރުވެގެންދާނެ،” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އަމިއްލަ 153 ކުންފުންޏަކާ 216 މަޝްރޫއެއްގެ މަސައްކަތް ވަނީ ހަވާލުކުރެވިފައެވެ. މި މަޝްރޫއުތައް ވީހާވެސް އަވަހަށް ފެށުމަށް އެއްބަސްވެފައިވާއިރު މީގެ ސަބަބުން ރަށްތަކުގެ އިގްތިސާދު ކުރިއަށްއޮތްތަނުގައި ކުރިއަރައިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
