
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުން އަމިއްލަ ކުންފުނިތަކާއި ހަވާލުކުރާ މަޝްރޫޢުތަކަށް ފައިސާ ދޫކުރާނީ އެ މަޝްރޫޢު ކުރިއަށްދާ މިންވަރަށް ބަލައި ހަރުދަނާ މިންގަންޑެއްގެ ތެރެއިން ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމީއްޔާތު ވާހަކަ ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުން 206 މަޝްރޫޢުއެއް ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށެވެ. މީގެ ސަބަބުން ބޭންކުތަކުން ފައިނޭސިންގ ލިބި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، ރައްޔިތުން އެދޭ އަވަސް މިނެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިމަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުން 4 އަމާޒެއް ހާސިލްކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަމަށް އިސްކަން ދޭނެ ކަމަށާއި، ފައިސާ ދޫކުރުމުގައި ސްޓޭންޑަޑައިޒް ނިޒާމެއް ޤާޢިމްކޮށް ސަރުކާރު މުޢައްސަސާތަކުން މަޝްރޫޢުތަކުގެ ހިންގުން ވަޒަން ކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މެއިންޓެނެންސް ޒިންމާތައް މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިންނަށް ޕްރައިވެޓް ސެކްޓަރގެ ތެރެއިން ލިބޭ ވަޒީފާ ފުރުސަތު އިތުރުކުރުމަކީވެސް މިކަމުން ހާސިލްކުރަން ބޭނުންވާ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
” މިއަދު ސޮއިކުރެވޭ މަޝްރޫޢުތަަށް ސަރުކާރުން ކަނޑައަޅާ ޕާފޯމެންސް މިންގަނޑުތަކާއި، މަސައްކަތުގެ ނަތީޖާ ތަކާއި ގުޅިފައިވާ ގޮތަށް ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ޤާއިމްކުރެވޭނެ. މިއީ ހަލުވިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ ނިޒާމެއް. މި ޕްރޮގްރާމުގެ ބޭނުމަކީ ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދިނުން. ކޮންމެ މަޝްރޫޢެއް އެކުލަވާފައިވާނީ ރައްޔިތުންގެ ދިރިއުޅުމުގެ ސީދާ އަސަރުކުރާނެ ” ވަޒީރު ޒަމީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މާލީ ވަޒީރު ވިދާޅުވީ މިމަޝްރޫޢުތަކާއެކު އެކި ފަރާތްތަކުގެ އަތްމަތި ތަނަވަސްވެ ދިވެހި ވިޔަފާރިތަކަށް މާލީ މަންފާ ލިބޭނެ ކަމަށެވެ. އަދި މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް މިއީ އެޅިގެންދާ ބިންގަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި ވިޔަފާރިތައް ބާރުވެރިކޮށް ބޭރުގެ ވިޔަފާރިތަކުން ޤައުމުން ބޭރުކުރާ ބޭރުފައިސާ މަދުކުރަންވެސް މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ” މަޝްރޫޢު ހިންގުމާއި ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ. މި އެއްބަސްވުންތައް ހިމެނޭނީ އާންމު އިންވެސްޓްމެންޓް ފްރޭމްވޯކުގެ ތެރޭގައި މޮނިޓަރިން އިންތިޒާމު ހިމެނޭހެން. އެހެން ކަމުން ބޭންކުތަކަށްވެސް ފައިދާ ލިބި އިތުރު މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދޭން މަގުފަހިވެގެންދާނެ. ” މާލީ ވަޒީރު މުސާ ޒަމީރު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި ދިވެހި ވިޔަފާރިތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މިއާއެކު އިމާރާތްކުރުމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބި ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަަރައިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތައް ކުންފުނިތަކާއި ހަވާލުކުރަނީ މާލިއްޔަތު ޤަވާދުގެ ތެރެއިން ހަރުކަށި ޝަރުތުތަކާއެކުގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
