
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 30 މެގަވޮޓުގެ ކަރަންޓުގެ ކެޕޭސިޓީ ޤާއިމްކުރުމަށް ނިންމަވާފައިވާކަމަށް ރައީސްލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެސިޓީގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެސިޓީގައި ކުރިއަށްގެންދަން ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫޢުތަކަށްވެސް ފައިސާ ހަމަޖެހިފައިވާކަމަށެވެ.
އަމިއްލަ ކުންފުނިތަކާވެސް އެކި މަޝްރޫޢުތައް ހަވާލުކުރައްވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ކުންފުނިތަކާ މަޝްރޫޢުތައް ހަވާލުކުރަނީ ގިނަ އިޖުރާއަތްތަކާ އެކުގައިކަމަށެވެ. ރައީސްވަނީ މިހާރު ހަވާލުކުރި މަޝްރޫޢުތަކުގެ އިތުރަށް އަމަލީގޮތުން ފެށި މަސައްކަތްތައްވެސް ފަށާފައިވަނީ އެކަމަށް ތައްޔާރުވެގެންކަމަށް ވިދާޅުވެ އެ ހުރިހާ މަޝްރޫޢުތައް ނިންމައިދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށްވާ ކަރަންޓުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް އެކި ފަހަރުމަތިން މަސައްކަތްކުރެއްވިކަމަށާއި މިހާތަނަށްވެސް 8 ޖެންސެޓް ފޮނުވައިގެންވެސް އެކަމަށް ހައްލެއް ލިބިފައިނުވާކަމަށެވެ. ރައީސް ވިދާޅުވީ މި މައްސަލަ ހައްލުކުރުމުގެ ގޮތުން ބޮޑު މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށާއި އެގޮތުން 30 މެގަވޮޓުގެ ކަރަންޓު ކެޕޭސިޓީ ގާއިމްކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި އެކަމަށް އިދާރީ މަސައްކަތް ފަށްޓަވާފައިވާކަމަށާއި ކުރިއަތް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަމުގެ މަސައްކަތް ކުރުމަށް ހަވާލުކުރައްވާނެކަމަށެވެ. އަދި ޖަނަރޭޓަރުތަކާއި އިންޖީނުގެ އަޕްގްރޭޑްކުރުމުގެ އިތުރަށް މިހާރު ހުރި ކެޕޭސިޓީގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަން ކުރައްވާނެނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
” 30 މެގަވޮޓަށްވާ ވަރުގެ ކަރަންޓުގެ ކެޕޭސިޓީ ޤާއިމްކުރުމަކީ ސަރުކާރުން ކުރާނެކަމެއް. މަގުތަކުގެ މައްސަލަ ހައްލުކުރުމަށް މި މަސައްކަތް މިވަނީ ފަށާފައި. މިއީ އިޤްތިޞާދީ މަސައްކަތްކުރުމަށްވެސް އެޅިފައިވާ ހުރަހެއް. މަގުތައް ހެދުން ވެގެންދާނީ އިންވެސްޓްކުރާ ފަރާތްތަކާށާއި ކޮންމެ ދުވަހަކުވެސް މަގުތައް ބޭނުންވާ ފަރާތްތަކަށް މުހިއްމުކަމަކަށް. އިތުރު ފޭސްތަކަށް ބަހާލުމެއްނެތި މަގުތައް ހަދާނެ. ހުއްޓުމެއްނެތި އެ މަސައްކަތް ކުރިއަށް ދާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން އައްޑު އަތޮޅު ހިމެނޭހެން ދެކުނުގެ 4 އަތޮޅު އެއްކޮށް އިންޓަގްރޭޓް ކޮށްގެން ޑިވެލޮޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރައްވާނެކަމަށެވެ. އަދި ހަމަ އެގޮތަށް އުތުރާއި މެދުތެރެއިންވެސް ތަރައްޤީކުރައްވާނެކަމަށާއި އެންމެ މަތީ ފަންތީގެ ތަޢުލީމީ ސިއްޙީ ވަޒީފާ އަދި ބޯހިޔާވަހިކަން ޤާއިމްކުރައްވާނެކަމަށް ވިދާޅުވިއެވެ. އައްޑޫ ސިޓީގައި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުން މުހިންމުކަމަށާއި ގަން އެއަރޕޯޓްގެ މަސައްކަތާއި ފަތުރުވެރިކަމުގެ ސިނަޢަތް ތަރައްޤީވެގެން އައުމުން ވަޒީފާގެ ފުރުޞަތުތައް ފަހިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އައްސޭރި ޓޫރިޒަމާއި ޝަންގްރިއްލާ ހުޅުވުމާއި ހަންކެޑެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މިތަނަށް އައިސް ފީސިބިލިޓީ ހަދާ ހުރިހާކަމެއް ކުރީ. މިއަދު ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށް އެތަނުގެ އިސްވެރިންނާ ބައްދަލުކުރިން ތައްޔާރީތައް ބެލުމަށް. ތަކުރާރުކޮށް ވިދާޅުވަމުންދިޔައީ 31 ޑިސެންބަރަށް ނިންމާނަމޭ. މީގެތެރެއިންވެސް ވަޒީފާގެ ފުރުޞަތުތައް އަންނާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ހަންކެޑެ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސޮއިކޮށްފައި އޮތްނަމަވެސް ފައިސާގެ ކަންކަން ހަމަޖެހިފައި ނުވާކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްގެންދެވޭތޯ ބެއްލެވިކަމަށާއި ކުރިއަށް ނުގެންދެވުމުން އޮންނަ އުޞޫލްގެ ދަށުން ކޮންޓްރެކްޓަރ ބާތިލްކޮށް ތުރުކީގެ ކުންފުންޏަކާ އެވޯޑް ލެޓާ ހަވާލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި އިކުއިޒިޝަން ކޮސްޓް ދެއްކުމަށް 45 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ވިދާޅުވިއެވެ. އެ މަޝްރޫޢުގެ ދަށުން 3000 އެނދު ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފިޔަވަހީގައި 1000 އެނދު ތަރައްޤީކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓިގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންވަނީ ފޭދޫއާއި ހިތަދޫގައި ޕާސްޕޯޓްގެ ޚިދުމަތާއި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ފަށްޓަވާފައެވެ. އަދި ފޭދޫއާޢި މަރަދޫއާއި ހިތަދޫގައި ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތްވަނީ އެޗްޑީސީއާ ހަވާލުކުރައްވާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ވަގުފް އިމާރާތް ގާއިމްކުރުމުގެ މަސައްކަތާއި، މަރަދޫފޭދޫގައި އައިޔޫއެމްގެ ކެމްޕަސްއަކާ ދަނާލް އެޅުމުގެ މަސައްކަތްވެސްވަނީ ހަވާލުކުރައްވާފައެވެ. މީގެ އިތުރުވެސް އައްޑު ސިޓީގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެހެނިހެން މަޝްރޫޢުތަކުގެ މަސައްކަތްވެސްވަނީ ހަވާލުކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
