
ކުށްކުރުން މަދުކުރުމާއި ޤައުމީ ސަލާމަތަށް ކުރެވޭ މަސައްކަތް ކުރާނީ އިންސާނީ ހައްގުތައް ހިމާޔަތްކުރެވިގެންކަން ކަށަވަރުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު އިޙްސާން މިހެން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު، ޔޫޕީއާރްގެ 4 ވަނަ ބުރުގައި ރާއްޖޭގެ ދާޚިލީ ދާއިރާ ތަމްސީލްކުރައްވައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް 2040 ވަނަ އަހަރު އަންނަންވާއިރަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ދާޚިލީ ވުޒާރާގެ މެންޑޭޓް އަދުގެ ސަރުކާރުގައި ފުޅާކުރެވިފައިވާ ކަމަށެވެ. އަދި ތަންފީޒީ އިދާރާތަކުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް މުޢައްސަސާތަކުގެ ނަޒާހަތްތެރިކަމަށް އެ ވުޒާރާގެ ދަށުން މިހާރު މަސައްކަތް ކުރެވޭ ކަމަށް ވިދާޅުވިއެވެ.
“ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި، ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގައި ވަރުގަދަ ބިންގަލެއް ބިނާވެފައިވާކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އަޅުގަނޑުމެންގެ މުއައްސަސާތަކުގެ އިސްލާހުތަކުގެ ސަބަބުން ޤާނޫނު ތަންފީޒުކުރުމުގައި ހައްގުތައް މަރުކަޒުކޮށްފައިވާ ގޮތެއް ހަރުދަނާކުރަމުންދާ ޖަވާބުދާރީވުމާއި، ހާމަކަން ބޮޑުކަމާއި، އިންސާފުވެރިކަމަށް އިސްކަންދޭ އުސޫލެއް” ވަޒީރު އިޙްސާން ވިދާޅުވިއެވެ. ވަޒީރު ވަނީ ޔޫޕީއާރުގެ 4 ވަނަ ބުރަށް ރިޕޯޓް ކުރާ މުއްދަތު ކަމުގައިވާ މިވޭތުވެދިޔަ 4 އަހަރު ތެރޭގައި ތަންފީޒީ އިދާރާތަކުން ކޮށްފައިވާ މަސައްކަތް ހިއްސާކުރައްވާފައެވެ. އެގޮތުން ފުލުހުންގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޚިދުމަތް ފުޅާކުރެވި ރައްޔިތުންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު ފުލުހުން ތަމްރީނުކުރަނީ އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ދަސްކޮށްދެވިގެކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ޖަލުތަކުގެ މައްސަލަ ހައްލުކުރުމަށް ޢުމްރާނީ ގޮތުން މަސައްކަތް ކުރެވި ގައިދީންނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދޭން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އިންސާނީ ވަސީލަތް ބިނާކޮށް، އިންސާނީ ހައްޤުތަކާއި ބެހޭ މާއްދާތައް ތަންފީޒުކުރުމަށް، މުވައްޒަފުން އަހުލުވެރިކޮށް ތަމްރީނުދިނުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި 2021 ވަނަ އަހަރު އިންސާނީ ވަގުފާރި ހުއްޓުވުމާއި ބެހޭ ޤާނޫނު އިސްލާހުކޮށް މިހާރު އެކަން ތަންފީޒުކުރަމުންދަނީ ދާޚީލީ ވުޒާރާއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހިންގަމުންދާ ކުރަނގި އޮޕަރޭޝަންގެ ތަފްސީލްވެސް ވަޒީރު ވަނީ ހިއްސާކޮށްދެއްވާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފައެވެ.
މީގެއިތުރުން ކުޑަކުދިންގެ ޖިނާޢީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ހޯޕް އައިލެންޑް އަދި ޖިނާޢީ ކުށްތަކުގެ ޒިންމާ ނަގަންޖެހޭ އުމުރަށް ގެންނަ ބަދަލާއި ގުޅޭގޮތުން އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ޚިޔާލުތައް ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ. އަދި މިމަސައްކަތް ކުރެވެނީ ކުށަށް ހުށަހެޅިފައިވާ ކުދިން މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު އިހްސާންވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު އޮތް ނިޒާމު ހަރުދަނާކޮށް ބައިނަލްއަޤްވާމީ އެހެން ޤައުމުތަކެކޭ އެއްފަދައިން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ނިރުބަވެރިކަމާއި ދެކޮޅަށް ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް މަސައްކަތް ކުރައްވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ދައުލަތުގެ ޚިދުމަތް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ދާޚިލީ ވަޒީރު އަލީ އިހްސާންގެ ވާހަކަފުޅުގައިވަނީ އަލިއަޅުވާލައްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
