
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އައްޑޫ ހުޅުދޫ – މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. މިޖަލްސާގައި އައްޑޫ ހުޅުދޫ – މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝިޔާމެވެ.
ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ. އަދި މި މަސައްކަތަށް މިހާރު ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މި ހޮސްޕިޓަލް ނިމޭއިރު ހޮސްޕިޓަލެއްގައި ހުންނަން ޖެހޭ ހުރިހާ ޚިދުމަތެއް ރަނގަޅު ފެންވަރެއްގައި ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމަށް ދެއްވަނީ ކުރީގެ ސަރުކާރުތަކާ ނުބައްދަލު ފުރިހަމަ މިނިވަންކަމެއް ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ލަމްއާން...
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢަކީ ކޮންމެހެން ހިންގަންޖެހޭ މުހިންމު މަޝްރޫޢެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު...
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތައް ހިފަހައްޓައި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ނޫސްވެރިންނަށް...
ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް ކޮމިޝަން) ސަރުކާރާ ދެކޮޅަށް އެމްޑީޕީ އާއި ޕީއެންއެފުން މާލޭގައި ބާއްވަމުންދާ ހަރަކާތްތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފަށް ވާހަކަދައްކައި، ހަމަނުޖެހުމަށް ހިތްވަރުލިބޭ...
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ އައު ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި 35،000 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. މި...
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް...