
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އައްޑޫ ސިޓީ ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫއަށް ވަޑައިގެންނެވެ. ފޭދޫ ބަނދަރުގެ އަމަލީ މަސައްްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. މިއީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއެކު އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ފޭދޫ ބަނދަރު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން އަންނަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމަށް ދެއްވަނީ ކުރީގެ ސަރުކާރުތަކާ ނުބައްދަލު ފުރިހަމަ މިނިވަންކަމެއް ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ލަމްއާން...
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢަކީ ކޮންމެހެން ހިންގަންޖެހޭ މުހިންމު މަޝްރޫޢެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު...
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތައް ހިފަހައްޓައި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ނޫސްވެރިންނަށް...
ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް ކޮމިޝަން) ސަރުކާރާ ދެކޮޅަށް އެމްޑީޕީ އާއި ޕީއެންއެފުން މާލޭގައި ބާއްވަމުންދާ ހަރަކާތްތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފަށް ވާހަކަދައްކައި، ހަމަނުޖެހުމަށް ހިތްވަރުލިބޭ...
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ އައު ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި 35،000 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. މި...
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް...