
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފަވާއިރު، މި ދަނޑުގެ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމްގެ އިތުރުން އެދާއިރާގެ މަޖްލިސް މެމްބަރާއި އައްޑޫ ސިޓީ ފޭދޫ ކައުންސިލުގެ ރައީސްއެވެ.
މިމަޝްރޫޢަކީ ސަރުކާރުގެ ފަރާތުން ޒެބޮކް ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މިއީ 55 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތަކަށްވާއިރު މި ދަނޑު ނިމޭއިރު މިތަނަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ދަނޑަކަށްވެގެންދާނެއެވެ. 20 މީޓަރު 40 މީޓަރުގެ ޕިޗަކާއެކު މިދަނޑު ހުޅުވިގެންދާއިރު މިތަންވެގެންދާނީ ރަށުގެ ޒުވާނުންނަށް ކުރިއެރުންތަކެއް ހޯދައިދޭނެ ބިނާއަކަށެވެ. ހަ ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ފޭދޫއަކީވެސް ރާއްޖޭގެ އެހެން ހިސާބުތަކެކޭ އެއްގޮތަށް ކުޅިވަރަށް ލޯބިކުރާ އާބާދީއެއް އޮންނަ ރަށެކެވެ. ވަކިން ޚާއްސަކޮށް ފުޓްސަލްއަކީ މިހާރު އެންމެ ފޯރިއާއެކު ކުޅެވޭ އެއް ކުޅިވަރަށްވާއިރު މި ދަނޑުވެގެންދާނީ ރަށު ފެންވަރުގަޔާ ސަރަހައްދީ ފެންވަރުގައިވެސް ގިނަ މުބާރާތްތަކެއް ބޭއްވި ހުނަރުވެރި އައު ތަރިންތަކެއް އުފައްދާނެ ތަނަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރު ތަރައްޤީކުރެއްވުމަށް ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ވަނީ ފައްޓަވާފައެވެ. މިގޮތުން ގާއިމުކުރެވޭ ދަނޑުތަކާއި ކޯޓުތަކުގެ އިތުރުން ދުވާ ޓްރެކްތަކާއި ސްވިމިން ޓްރެކްތަކުގެ އަމަލީ މަސައްކަތް އެކި ކަންކޮޅުތަކުގަ ފަށާފަވާއިރު ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމާއެކު ހުނަރުވެރި ޒުވާން އެތުލީޓުން މި ގައުމުގައި އުފެއްދުމެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
