
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސ.ފޭދޫގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މިމިސްކިތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑު ސިޓީ ފޭދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފޭދޫގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ވަނީ، ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
ފޭދޫގައި ޤާއިމްކުރާ މިސްކިތުގެ މަޝްރޫޢަކީ، ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ފޭދޫގައި ޤާއިމްކުރާ މިސްކިތަކީ، 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމަށް ދެއްވަނީ ކުރީގެ ސަރުކާރުތަކާ ނުބައްދަލު ފުރިހަމަ މިނިވަންކަމެއް ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ލަމްއާން...
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢަކީ ކޮންމެހެން ހިންގަންޖެހޭ މުހިންމު މަޝްރޫޢެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު...
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތައް ހިފަހައްޓައި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ނޫސްވެރިންނަށް...
ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް ކޮމިޝަން) ސަރުކާރާ ދެކޮޅަށް އެމްޑީޕީ އާއި ޕީއެންއެފުން މާލޭގައި ބާއްވަމުންދާ ހަރަކާތްތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފަށް ވާހަކަދައްކައި، ހަމަނުޖެހުމަށް ހިތްވަރުލިބޭ...
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ އައު ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި 35،000 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. މި...
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް...