
(ފޮޓޯ ކްރެޑިޓްސް: އެފްއެސްއެމް)
ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަން ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އެފްއެސްއެމްއިން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އާޝާން ވިދާޅުވީ، ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވުމާ ގުޅިގެން އެކުންފުނީގެ ބޯޑުން ބާޖުތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އާޝާން ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި މިހާރު ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ސީސީޓީވީއާއެކު ވަގުތުން މަންޒަރުތައް ބަލައިލެވޭނެ ‘މޮޑަމް’ އެއްވެސް ހަރުކުރާނެކަން ފާހަގަކުރެއްވިއެވެ.
” މިހާރުވެސް ދެ ބާޖެއްގައި ވަނީ މޮޑަމް ހަރުކޮށްފައި. އަދި ކުރިއަށް އޮތްތަނުގައި އިތުރު ބާޖުތަކުގައިވެސް ހަރުކުރާނެ. މިގޮތުން އިތުރު 3 ބާޖެއްގައި މޮޑެމް ހަރުކުރަން ޝެޑިއުލްކޮށްފައިވާނީ. އެންމެ އަވަހަށް ޑޮކް ކުރެވޭ 5 ބާޖުގައިވެސް ހަރުކުރުމުގެ މަސައްކަތް ކުރަން އަޅުގަނޑުމެންވާނީ ޕްލޭންކޮށްފައި.” އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އާޝާން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ތެޔޮ ބާޖުތަކުގައި ސީސީޓީވީ ހަރުކުރުމުގެ އިތުރުން އެ މައްސަލަ ހައްލުކުރުމަށް ބާޖުތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ކޮންމެ ތިން މަހަކުން ބަދަލުކުރުމަށް ނިންމާފައިވާނެ ކަމަށް އާޝާން ވިދާޅުވިއެވެ. “ސީސީޓީވީ ކެމެރާ ހަރުކުރީމާ އަޅުގަނޑުމެން ބޭނުންވެއްޖެ ހިނދެއްގައި ލައިވްކޮށް، ވަގުތުން ‘މޮޑަމް’ މެދުވެރިކޮށް ބަލާލެވޭނެ އެ ހަރަކާތެއް ހިނގަމުންދާ ގަޑީގައި.” އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އާޝާން ވިދާޅުވިއެވެ. އާޝާން ވިދާޅުވީ، ވަގަށް ތެޔޮ ވިއްކުމުގެ މައްސަލަ ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށާއި، ބައެއް ބާޖުތަކުގައި އެ މައްސަލަ އިތުރުވަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެގޮތަށް އެކަން ވަނީ، މިހާތަނަށް އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އާޝާން ވަނީ، އެ މައްސަލަ ކުރިއަށް އޮތްތަނުގައި ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ސީރިއަސްކަމާއެކު ބަލާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެފްއެސްއެމްއަކީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނިވެސްމެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
