
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރެވޭނީ ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްއެންޑީއެފްގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެއަރ ސްޓޭޝަން އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަލަށް ޤާއިމުކުރެވުނު ވައިގެ މަރުކަޒާއެކު ރާއްޖޭގެ ކަނޑާއި ވައިގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ސިފައިންނަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޤައުމީ ދިފާޢީ ބާރުގެ ވައިގެ ބާރު އުފެއްދުމަށްފަހު، އެބާރު އިތުރަށް ތަރައްޤީކޮށް، އެދާއިރާއަށް ވަޞީލަތްތައް ހޯދައި، މީހުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ވައިގެ ދެވަނަ މަރުކަޒު ށ. ފުނަދޫގައި ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށް ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރުން މުހިންމު ކަމަށެވެ. ރާއްޖެއަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން ލިބޭނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނަމަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އަސްކަރީ ޤާބިލުކަން ޤާއިމުކުރެވޭ މިންވަރަކުން އިޤުތިޞާދުވެސް ކުރިއަރަމުންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. “ކޯސްޓްގާޑް ފްލީޓް ދެގުނަކުރުމާއި މެރިން ކޯއަށް ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. ސިފައިންގެ އިންސާނީ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރާނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމުގައި ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އަންނަ އަހަރަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ކުރެވޭ އަހަރަށްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ވައިގެ ބާރު ވަރުގަދަކުރުމުގެ ގޮތުން އަސްކަރީ މަތިންދާ ބޯޓު ހޯދުމާއި ސައިބަރ އެޓޭކުތަކުން ދިފާޢުވުމަށް ސައިބަރ ވާފެއަރއެއް ޤާއިމުކުރުމުގެ އިތުރުން ވަށައިޖެހޭ ދިފާޢީ ނިޒާމެއް ޤައުމީ ދިފާޢުގައި ބާރުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ޒާމާނީ ޓެކްނޮލޮޖީއާއެކު ހުރިހާ ދާއިރާއަކުންވެސް ކުރިއަރާފައިވާ ވަށައިޖެހޭ ތަރައްޤީ ގެނެވިފައިވާ ބާރަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
