
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ނަރުހެއްގެ މަރުގެ މައްސަލާގައި ދަޢުވާ ލިބޭ ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ދޫކޮށްލަން ނިންމި ނިންމުން ބަދަލުކޮށް، އަލުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ. ކްރިމިނަލް ކޯޓުން މި ގޮތަށް ނިންމެވީ ލަމްޙާ ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުން ބާޠިލުކޮށް، އެ މައްސަލައާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އަންގައި، ހައިކޯޓުން ޙުކުމްކުރުމާއެކުއެވެ. މިގޮތަށް ހައިކޯޓުން ޙުކުމްކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
2021 ވަނަ އަހަރު ރާއްޖޭގައި މަރުވި ފިލިޕީންސްގެ ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ޙުކުމެއް ކުރެވެންދެން ނުވަތަ ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އަމުރުކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހުއެވެ. އެފަހަރު ކްރިމިނަލް ކޯޓުން މިގޮތަށް ނިންމެވީ ލަމްހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިފައިވާތީއާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީއެވެ. އޭގެ ފަހުން 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 2ވަނަ ދުވަހު ލަމްހާގެ ބަންދު މުރާޖަޢާކޮށް، 3 މަސްދުވަހުގެ މުއްދަތަށް ބަންދުގެ އަމުރު ހިފަހައްޓައި، ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމެވިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ނިންމެވުން ބާޠިލުކުރެއްވުމަށްފަހު، އަނެއްކާވެސް ލަމްހާގެ ބަންދު ދަމަހައްޓަވާފައެވެ.
2024 އަހަރުގެ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހު ލަމްޙާގެ ފަރާތުން އޭނާ ބަންދުން ދޫކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއަކާއި ކޯޓު އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ލަމްހާގެ ފަރާތުން ފޯމު ހުށައެޅިއެވެ. ލަމްހާގެ މި ހުށައެޅުމާ ގުޅިގެން އޭނާ ބަންދުން ދޫކޮށްލުމަށް 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމެވިއެވެ. ނަމަވެސް ޕީޖީގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރައްވާފައެެވެ. އިސްތިއުނާފުގެ މައްސަލަ ބެއްލެވުމަށްފަހު 3 ފަނޑިޔާރުންގެ އިއްތިފާޤުން އިއްވެވި ހުކުމްގައި ނިންމަވާފައިވަނީ ލަމްހާ ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން ބާޠިލުކުރުމަށެވެ. އަދި ލަމްހާ ބަންދުކުރުމަށް 7 ދުވަހުގެ ތެރޭގައި ޕީޖީން ކްރިމިނަލް ކޯޓަށް ހުށައަޅައިފިނަމަ އެ ހުށައެޅުމާމެދު އެކަށީގެންވާ އަވަސް މިނެއްގައި ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އެންގުމަށް ޙުކުމްކޮށްފައިވެއެވެ.
މިވީ ދުވަސްތަކުގެ ތެރޭގައި ލަމްޙާ އަލުން ބަންދުކުރަން ދައުލަތުން އެކިފަހަރު މަތިން ކްރިމިނަލް ކޯޓުގައި އެދުނެވެ. ނަމަވެސް އެންމެ ފަހުން އެ މައްސަލަ ބެއްލެވި ޤާޟީ ޙުސައިން ފާއިޒް ރަޝާދު ކަނޑައެޅުއްވީ ލަމްހާގެ ފަރާތުން ނުރައްކާ އޮތް މިންވަރު ބަލަން އެސެސްމެންޓެއް ހެދުމަށެވެ. އެގޮތަށް ނިންމެވި ޤާޟީ ފާއިޒް މިވަގުތު ހުންނެވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައެވެ. މިހާތަނަށްވެސް ލަމްޙާ ދޫކޮށްލާފައިހުރިއިރު، މި މައްސަލާގައި މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި ޤާޟީ އިބްރާހިމް ޒިހުނީ ވަނީ ލަމްހާއަށް ކުރެވޭ ތުހުމަތުތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ބަންދުކުރި ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި ނުރައްކާ އޮތް މިންވަރު ބަލަން އެސެސްމެންޓެއް ހަދަން ނުޖެހޭކަމަށް ނިންމަވާފައެވެ. އެހެންކަމުން ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލެއްގައި ލަމްޙާ ބަންދުކުރުމަށް ޤާޟީ ނިންމެވިއެވެ. 2021 ވަނަ އަހަރު ރާއްޖޭގައި މަރުވި ފިލިޕީންސްގެ ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ލަމްހާގެ އިތުރުން، މޭރީގެ ފިރިމީހާ މާރވިން އެސް.ވައިގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
