
ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޢުރަޒު ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް 2025 އިނގެރޭސިވިލާތުގެ ލަންޑަނުގައި ފަށައިފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން މިއަހަރުގެ މަޢުރަޒާ ކުރިމަތިލީ، އިނގެރޭސި މާކެޓުން ތަފާތު ބޮޑު ކުރިއެރުމެއް ހޯދާފައިވާ މުހިއްމު ދަނޑިވަޅެއްގައެވެ. މިއަހަރުގެ މަޢުރަޒުގައި ރާއްޖޭގެ ވަފްދުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. މި މައުރަޒާ ގުޅޭގޮތުން ފަތުރުވެރި ކަމާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ، އިނގެރޭސިވިލާތަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި މާކެޓުގެ ދެމެހެއްޓެނިވި ކުރިއެރުމަކީ އިނގެރޭސި ފަތުރުވެރިންނާއެކު އޮތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
“އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންވެސްޓްމަންޓްތައް އިތުރު ކުރުމާއި، ރޭވުންތެރި މާކެޓިންގ ކެމްޕޭންތައް މި ސަރަހައްދަށް އިތުރުކުރަމުން. ސިނާޢަތުގެ ބައިވެރިންނާއެކު ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ އިތުރުން މިއަހަރުގެ ޑަބްލިއުޓީއެމްއަކީ މި ލަނޑުދަނޑި ހާސިލްކުރުމަށް ފަހިވާ މުހިއްމު ފުރުސަތެއް” ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، މިފަހަރުގެ ފެއަރގައި އަންނަ އަހަރަށް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ޝިޢާރު ” އޯޝަން ނޭޝަން” އިފްތިތާޙް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
“މިއަހަރުގެ މަޢުރަޒަކީ، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާ ރާއްޖޭގެ ގުޅުން ވަރުގަދަ ކޮށްދޭނެ ފަހި ފުރުސަތެއް. މި ފެއަރގެ މިއަހަރުގެ އެންމެ ޚާއްސަ އެއް ކަމަކީ، 2026 ވަނަ އަހަރަށް މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ޝިޢާރު “އޯޝަން ނޭޝަން” އިފްތިތާޙުކުރުން. މި ޝިއާރަކީ، ދިވެހީންގެ ދިރިއުޅުމާއި، ސަޤާފަތާއި އާދަކާދަ ކަނޑުތަކާ ގުޅުންހުރި މިންވަރު ދައްކުވައިދިނުމުގެ އިތުރުން ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ލާމަސީލު ނަމޫނާއެއް ދައްކާ ޤައުމެއްގެ ގޮތުގައި ނަން ފަވާލުން” ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަފްދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 70 ވިޔަފާރިއަކުން 160 ފަރާތެއް ބައިވެރިވެއެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފުރިހަމައަށް ރަމްޒުކޮށްދޭ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ 650 އަކަމީޓަރުގެ ސްޓޭންޑުގައި މި ކުންފުނިތަކުން ގިނަ ބައްދަލުވުންތަކާއި، މުޢާމަލާތްތައް ހިންގާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މި ސްޓޭންޑުގައި މައުލޫމާތު ދިނުމަށް ދެ ކައުންޓަރެއް ޚާއްސަކޮށްފައިވާއިރު، ފެއަރއަށް ޒިޔާރަތްކުރާ މީހުންނާއި، ރާއްޖޭގެ ސްޓޭންޑުގެ އެންގޭޖްމެންޓު ވަރުގަދަކޮށް ޝައުޤުވެރިކަން ހިފެހެއްޓުމަށް ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ޚާއްސަ ފޭން ޒޯނެއްވެސް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ހިތްގައިމު ކަނޑުއަޑީގެ ދިރުންތަކުގެ އިތުރުން ރާއްޖެއިން ފަތުރުވެރިންނަށް ހުރި އެކި ފުރުސަތުތައް ދައްކުވައިދޭ ހޮލޮގްރަފިކް ޑިސްޕްލޭ އެއްވެސް މި ސްޓޭންޑުގެ އިންޓަރެކްޓިވް ޒޯންގައި ބެހެއްޓިފައިވެއެވެ. މީގެއިތުރުން މި ސްޓޭންޑުގައި 46 ކޯ-އެގްޒެބިޓަރ ކައުންޓަރާއި، 55 ބީ2ބީ މީޓިންގ ޓޭބަލްގެ އިތުރުން އިންޑަސްޓްރީ މީޓިންތަކަށް ޚާއްސަ ތިން އޭރިއާއެއް ގާއިމްކޮށްފައިވެއެވެ. މި ސްޓޭންޑު ފަރުމާ ކުރުމުގައި ދޭދޭ ކުންފުނިތަކުގެ ގުޅުން ވަރުގަދަ ކުރެވޭނެ ގޮތަށް އިންތިޒާމްތަމް ގާއިމްކޮށްފައިވެއެވެ.
މި މަހުގެ 4ވަނަ ދުވަހާ ހަމައަށް 1.8 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންގިރޭސިވިލާތަކީ، ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. އެޤައުމަކީ، މިހާރު ރާއްޖެއަށް 3ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް އިނގެރޭސިވިލާތުން ރާއްޖެއަށް 159،615 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ، 2024 އަހަރާއި އަޅާބަލާއިރު %16 ގެ ކުރިއެރުމެކެވެ.
About Post Author
މާދަމާ ނިއުސް
ރައީސް މުޢިއްޒު ވަނީ ނޫސްވެރިންނަށް މީގެކުރިން ނުލިބޭފަދަ މިނިވަންކަމެއް ދެއްވާފައި: ލަމްއާން
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމަށް ދެއްވަނީ ކުރީގެ ސަރުކާރުތަކާ ނުބައްދަލު ފުރިހަމަ މިނިވަންކަމެއް ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ލަމްއާން...
ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކޮންމެހެން ހިންގަން މަޖުބޫރު މަޝްރޫއެއް: މުއްޠަލިބް
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢަކީ ކޮންމެހެން ހިންގަންޖެހޭ މުހިންމު މަޝްރޫޢެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު...
ނޫސްވެރިން ޒިންމާދާރުވާން ނައިބު ރައީސް ގޮވާލައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތައް ހިފަހައްޓައި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ނޫސްވެރިންނަށް...
ގާނޫނާ އެއްގޮތަށް ސިޔާސީ ހަރަކާތް ހިންގަން އެމްޑީޕީ އާއި ޕީއެންއެފަށް އީސީން ނަސޭހަތްދީފި
ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް ކޮމިޝަން) ސަރުކާރާ ދެކޮޅަށް އެމްޑީޕީ އާއި ޕީއެންއެފުން މާލޭގައި ބާއްވަމުންދާ ހަރަކާތްތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފަށް ވާހަކަދައްކައި، ހަމަނުޖެހުމަށް ހިތްވަރުލިބޭ...
އައިޔޫއެމްގެ ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަނީ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ އައު ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި 35،000 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. މި...
ކުރިއަށް އޮތް 24 ގަޑިއިރު ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް...
