
އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، ދަ ބާރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އަރޓިސްޓިކް ވޯކްސްގައި ދިވެހިރާއްޖެއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ. މިއީ ދިވެހިރާއްޖޭގައި ކޮޕީރައިޓް ހިމާޔަތްކުރުން ހަރުދަނާކޮށް ވާދަވެރި އުފެއްދުންތެރި އިޤްތިޞާދެއް ބިނާކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ސަފްހާއެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި މުއާހަދާގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ އިންސްޓްރޫމަންޓް އޮފް އެކްސެޝަން ވަނީ މިމަހުގެ 3 ގައި ޖެނީވާގައި ހުންނަ ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮގަނައިޒޭޝަން (ވައިޕޯ) އަށް ހުށައަޅާފައެވެ. ބާރން ކޮންވެންޝަން ދިވެހިރާއްޖޭގައި ތަންފީޒްކުރަން ފެށޭނީ މިމަހުގެ 22 ވަނަ ދުވަހުކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މުއާހަދާގައި ބައިވެރިވުމުގެ ސަބަބުން ދިވެހި އުފެއްދުންތެރިން ވަކިން ޚާއްސަކޮށް ލިޔުންތެރިން ކުރެހުންތެރިން މިއުޒިކް އުފައްދާ ފަރާތްތައް ފިލްމް އުފައްދާ ފަރާތްތައް އަދި އެހެނިހެން އުފެއްދުންތެރި ފަންނުވެރިންގެ އުފެއްދުންތަކަށް ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ތިބި އެފަދަ އުފެއްދުންތެރިންގެ އުފެއްދުންތަކާއި އެއްފަދައިން ހިމާޔަތާއި ރައްކާތެރިކަން ބާރން ޔޫނިއަންގެ 181 ގައުމުން ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މިއީ 2030 ވަނަ އަހަރާއި ހަމައަށް ކްރިއޭޓިވް އަދި ޑިޖިޓަލް އިކޮނޮމީ ދާއިރާ ގައުމުގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރު %15 އަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އަދި ފިކުރީ މުދަލުގެ ވަށައިޖެހޭ ނިޒާމެއް ގާއިމްކުރުމަށާއި ދިވެހިރާއްޖޭގައި ކަލެކްޓިވް މެނޭޖްމަންޓް އޯގަނައިޒޭޝަންތައް އުފައްދައި ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތަކަށް އެކަށީގެންވާ އުޖޫރަ ހޯދޭނެ މަގު ފަހިކުރުމަށް ކުރެވުނު މަސައްކަތެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
