
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާއި އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ތެޔޮބޯޓު ފަހަރުގައި ގިނަ ޢަދަދެއްގެ ތެޔޮ ތާށިވެފައި ހުރި ކަމަށާއި އެ ތެޔޮ ބާޒާރަށް ނެރެވޭނެ ގޮތެއް ނެތް ކަމަށް ސްވިޒަލެންޑުގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ގޫންވޯ ގްރޫޕުން ބުނެފިއެވެ. 2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި އެމެރިކާއިން ވަނީ ރަޝިޔާއާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން މިދިޔަ މަހުގެ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ އެންމެ ބޮޑު ދެ ތެޔޮ ކުންފުންޏާ ދެކޮޅަށް އަޅާފައިވާ ފިޔަަވަޅުތައް ހިމެނެއެވެ. އެ ފިޔަވަޅުތަކުގެ ބޭނުމަކީ ރަޝިޔާއިން ބައިނަލްއަަޤްވާމީ ބާޒާރަށް ތެޔޮ ވިއްކުމަށް ހުރަސްއެޅުމެވެ. ތެލުގެ ވިޔަފާރިން ރަޝިޔާއަށް ބޮޑު އާމްދަނީއެއް ލިބެއެވެ.
ގޫންވޯ ގްރޫޕުގެ ސީއީއޯ، ޓޯބަރން ޓަރންވިސްޓް ވިދާޅުވީ ދުނިޔެއަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތެޔޮ އުފައްދަމުން ދާތީ ތެޔޮ ވިއްކުމުގައި ދިމާވެފައިވާ ދަތިތަކުން ކުރިމަތިވާ ގެއްލުންތައް ނިސްބަތުން ކުޑަ ކަމަށެވެ. ތެލުގެ އަގަށް މާ ބޮޑު ބަދަލެއް ނައިސް އޮތީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހުޅަނގުގެ ފިޔަވަޅުތަކުގެ ސަބަބުން ހީނުކުރާހާ ގިނަ ޢަދަދެއްގެ ތެޔޮ ފޯރަންޖެހޭ ފަރާތްތަކާ ހަމައަށް ނުފޯރާ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތެޔޮ ވިއްކޭނެ އައު މަގުތައް ތަނަވަސްވަންދެން އެ ތަކެތި ހުރީ ކަނޑުގައި ދަތުރުކުރަމުންދާ ތެޔޮ ޓޭންކަރުތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ބޭނުންވާ މިންވަރަށްވުރެ މާ ގިނައިން ބާޒާރުގައި ތެޔޮ ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ތެލުގެ އަގު ވަނީ ވިދިވިދިގެން ތިން ވަނަ މަހަކަށް ދަށަށް ގޮސްފައެވެ. އޭގެ މައިގަނޑު ސަބަބަކީ ބޭނުންވާ މިންވަރަށް ވުރެ ގިނަ ޢަދަދަށް ތެޔޮ އުފައްދާފައިވުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
