Read Time:2 Minute, 13 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

ޖަރުމަނުވިލާތުގެ ޕޭމަންޓު ނިޒާމު ފޫއަޅުވާލައި، އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ދިނުމުގެ ފަހަތުގައި ތިބި ސްކޭމަރުންނާއި މަނީލޯންޑާކުރާ ފަރާތްތައް ހޯދުމަށް، އެ ޤައުމުގެ ފުލުހުން ބައިނަލްއަޤުވާމީ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަނުގެ ދަށުން، މިހާތަަނަށް ޖަރުމަނުވިލާތުގެ އިތުރުން، އިޓަލީވިލާތާއި، ކެނެޑާ، ލަގްޒެމްބަރގް، ނެދަރލެންޑްސް، އެމެރިކާ، ސްޕެއިން އަދި ސައިޕްރަސްގައި ތަންތަން ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ޖަރުމަނުވިލާތުގެ ފުލުހުން ބުންޏެވެ.

 

ތަފާތު 193 ޤައުމެއްގެ އާންމުންގެ ގިނަ ބައެއްގެ ކްރެޑިޓް ކާޑުތަކުގެ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ކުރެވޭކަމަށް ބުނެފައިވެއެވެ. އަދި ޖަރުމަނުވިލާތުގެ ޕޭމަންޓް ޚިދުމަތްދޭ ކުންފުނިތަަކުގެ ނިޒާމު ފޫއަޅުވައިލީ، އެ މަޢުލޫމާތުތައް ބޭނުންކޮށްގެން ކަމަށް ޖަރުމަނުވިލާތުގެ ފުލުހުން ޤަބޫލުކުރެއެވެ. މި އޮޕަރޭޝަނާ ގުޅޭ ފުރިހަމަ މަޢުލޫމާތު ނޫސްވެރިންގެ ބައްދަލުމެއްގައި ދޭނެކަމުގެ ޔަޤީންކަން ޖަރުމަނުވިލާތުގެ ފުލުހުން ވަނީ ދީފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %