
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގަރަބަގް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ. އަޒަރުބައިޖާންގައި އެ ގައުމުގެ ގަރަބަގް އާއި ދެކޮޅަށް ކުޅުނު މި މެޗު އެއްވަރުވެ ޗެލްސީ އަށް ލިބުނު ޕޮއިންޓާއެކު އެ ޓީމަށް ޖުމްލަ ލިބިފައިވާ 7 ޕޮއިންޓާއެކު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ. މި މެޗަށް ޗެލްސީ ނިކުތްއިރު ކޯޗު މަރެސްކާ ވަނީ އެންމެ ފަހުން ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން މޮޅުވި މެޗުގައި ނިކުތް ފުރަތަމަ ޓީމަށް ހަތް ބަދަލު ގެނެސްފަ އެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 16 ވަނަ މިނިޓުގައި ޗެލްސީގެ ޒުވާން ފޯވަޑް އެސްޓެވާއޯ ވިލިއަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ޗެލްސީ އިން މި ލަނޑު ޖެހުމުގެ ކުރިން މެޗުގެ 8 ވަނަ މިނިޓުގައި އެ ޓީމުގެ ޑިފެންޑަރ ލާވިއާއަށް އަނިޔާ ވުމާއި ގުޅިގެން އޭނާގެ ބަދަލުގައި މޯސެސް ކައިސޭޑޯ ވަނީ ކުޅެން އަރުވާފަ އެވެ.
ނަމަވެސް މެޗުގެ 29 ވަނަ މިނިޓުގައި ގަރަބަގްގެ ލިއަންދްރޯ އެންޑްރޭޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ގަރަބަގް އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މާކޯ ޖަންކޮވިޗް އެވެ. މި ލަނޑާއެކު ގަރަބަގްގެ ސަޕޯޓަރުންގެ އަޑު ވަނީ މުޅި ސްޓޭޑިއަމްގައި ގަދަވެފަ އެވެ. ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޓީމު ތަކާއި ދެކޮޅަށް ގަރަބަގް މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ބަލިވެފައިވާއިރު މި ނަތީޖާ އާއިއެކު ޗެލްސީ އަށް ލަދުވެތިކަމާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ. މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމަށް ތިން ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އެންޑްރޭ ސަންޓޯސް އާއި ގިޓެންސްގެ އިތުރުން ޖޯޖުގެ ބަދަލުގައި އެންޒޯ ފެނާންޑޭޒް އާއި އަލެހަންދްރޯ ގަރްނާޗޯގެ އިތުރުން ލިއާމް ޑެލަޕް ވަނީ ކުޅެން އަރުވާފަ އެވެ.
ލިއާމް ޑެލަޕް ދިން ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ގަރަބަގްގެ ކެވިން މެޑީނާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ގަރްނާޗޯ ވަނީ މެޗުގެ 52 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަށްފަހުވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެ ތެރެއިންވެސް ލީޑު ނަގަން ޗެލްސީ އަށް ލިބުނު ރަނުގެ ފުރުސަތުގައި އޭރިޔާ ތެރޭގައި ހުރެ ގަރްނާޗޯ ފޮނުވާލި ބާރު ހަމަލާ ގަރަބަގްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
