
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބެލްޖިއަމްގެ ކްލަބް ބްރުގަރ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ. ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގައި ކުޅުނު މި މެޗު އެއްވަރުވުމާއިއެކު ބާސެލޯނާ އަށް ހަތަރު މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގައެވެ. ބްރުގަރ އަށް ހަތަރު މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު އެ ޓީމު އޮތީ 22 ވަނައިގަ އެވެ. ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި ބްރުގަރ ގެ ނިކޮލޯ ޓްރެސޮލްޑީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް ބްރުގަރ އިން ލީޑު ނެގިތާ މިނިޓެއްވެސް ނުވަނީސް ބާސެލޯނާގެ ފަރމިން ލޮޕޭޒްގެ ޕާހަކުން ފެރާން ޓޮރޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ބާސެލޯނާ އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް ބްރުގަރގެ ކުޅުންތެރިން ވަނީ ކައުންޓަރ އެޓޭކްތަކުގައި ބާސެލޯނާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މި މެޗުގައި ބްރުގަރ އިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 17 ވަނަ މިނިޓުގައި ކާލޮސް ފޯބްސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ދެވަނަ ހާފަށް ނިކުތްއިރު 2-1 ގެ ނަތީޖާއަކުން ބްރުގަރ ކުރީގައި އޮތްއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ ރޮބަޓް ލެވަންޑޯސްކީ އާއި ޑެނީ އޮލްމޯ ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލުތަކާއިއެކު ބާސެލޯނާގެ ކުޅުން އިތުރަށް ވަނީ ރަގަޅުވެފަ އެވެ.
ބާސެލޯނާ އަށް މި މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ލަމީން ޔަމާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް ދެ މިނިޓު ފަހުން ކާލޮސް ފޯބްސް ވަނީ އިތުރު ލަނޑެއް ޖަހާ ތިންވަނަ ފަހަރަށް ބްރުގަރ އަށް ކުރި ހޯދަދީފަ އެވެ. މި މެޗުގައި ބާސެލޯނާ އަށް އެއްވަރުކޮށްދިން ލަނޑަކީ މެޗުގެ 77 ވަނަ މިނިޓުގައި ލަމީން ޔަމާލް އަރިމަތިން ނަގައިދިން ހުރަހެއް ސާފު ކޮށްލަން އުޅުމުގެ ތެރޭގައި ބްރުގަރގެ ކްރިސްޓޮސް ޒޮލިސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ ފަހު ވަގުތު ބްރުގަރ އިން އިތުރު ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ ލަނޑު ޖެހުމުގެ ކުރިން ބްރުގަރގެ ކުޅުންތެރިއަކު ފައުލް ކޮށްފައިވާކަމަށް ބުނެ އެ ނިންމުން ބަދަލުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
