
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ބިންވެރިޔާ ސްކީމުން ގުޅީފަޅު ގޯތި ލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާއި ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދި ހުށައެޅުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، 28 އޮކްޓޫބަރ ގައި އެ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ފަދައިން ގުޅީފަޅު އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާއި ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުސަތު 6 ނޮވެމްބަރ ގެ ނިޔަލަށް ހަމަވާނެކަމަށެވެ. އެހެންކަމުން އެދުވަހުގެ 23:59ގެ ކުރިން ހިޔާވަހި ހިޔާވަހިޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށައެޅުމަށް އެދޭކަމަށެވެ.
ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއި ކުރުމަށް ދިގު މުއްދަތެއް ދެވިފައިވާކަމަށެވެ. 6 ނޮވެމްބަރ އަކީ ގުޅިފަޅު އެއްބަސްވުން އަދި ރަޖިސްޓަރީއާ ޙަވާލުވުމަށް ދެވޭ ފަހު ފުރުޞަތު ކަމުގައިވެސް އެ ވުޒާރާގެ އިއުލާނުގައި ވަނީ ބުނެފައެވެ. މި މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދިފައިނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުޞަތު ނުދެވޭނެކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުންhttps://t.co/UTgs6839dX pic.twitter.com/AWpBANVdqI
— Ministry of Construction, Housing & Infrastructure (@MoCImv) November 4, 2025
އެޕޮއިންޓްމަންޓްއަށް އެދޭއިރު ލިޔެކިޔުންތައް “ހިޔާވެހި ޕޯޓަލް” އަށް ހުށައަޅަންޖެހޭނެއެވެ. އޭގެތެރޭގައި:
* އައު “ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން” ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ 1 ފަރާތުގެ އައިޑީ ކާޑު ކޮޕީ.
* ގޯތި ލިބޭ ފަރާތް/ފަރާތަކުގެ ބަދަލުގައި އެހެން ފަރާތަކުން، އެއްބަސްވުމުގައި ސޮއިކޮށް ގޯތީގެ ރަޖިސްޓަރީއާ ޙަވާލުވާނަމަ، ހިޔާވަހި ޕޯޓަލްގައިވާ ޕަވަރަ އޮފް އެޓަރނީގެ ނަމޫނާއާ އެއްގޮތަށް ޝަރުޢީ ކޯޓެއްގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ޕަބްލިކް ނޯޓަރީގެ ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވަރ އޮފް އެޓަރނީއާއި، އެޓަރނީގެ އައި.ޑީ.ކާޑުގެ ކޮޕީ.
* ގޯތި ލިބޭ ފަރާތުން ކުރިން ސޮއިކޮށްފައިވާ “ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން” ގެ ކޮޕީ.
* ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ “ބަންޑާރަ ގޯތީގެ ރަޖިސްޓަރީ” ގެ ކޮޕީ.
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
