
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކުރަން އެޅި ފިޔަވަޅުން ދޭހަކޮށްދެނީ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާނެކަން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އައްޑޫ ހުޅުދޫ އަދި މީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރައްޔިތުން އަބަދުވެސް އެންމެ ބޮޑަށް އެދެމުންދާކަމަކީ ޞިއްހީ ނިޒާމު ރަނގަޅުވެ، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވުން ކަމަށެވެ. މިކަންކަމަށް ފައިސާ ފަހިކުރުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅުއްވާފައިވަނީ ޞިއްހީ ދާއިރާއަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ޞިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދުންފަތް މަނާކުރުމަށް ނިންމި ފުރަތަމަ ޤައުމަކީ ރާއްޖެކަމަށާއި މިއީވެސް ރައްޔިތުންގެ ދުޅަހެޔޮކަމަށް ރައީސް ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ. އަދި މިކަމުން ދޭހަކޮށްދެނީ ރައީސްގެ ހިތްޕުޅުގައި ޞިއްޙީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އޮތް ލޯތްބާއި އެކަމަށް ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކޮށްލެވެނީ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަރަށް ހިތްވަރުގަދަ އަދި ކުރިން އެއްވެސް ވެރިއަކަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. އަންނަ އޮތް ޖީލުތަކަށް ދުންފަތް މަނާކުރުމުގެ އިތުރުން އެމަނިކުފާނު ވަނީ ސިނގިރޭޓް ބޭނުންކުރުން ހުއްޓުވުމަށް ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީވެސް ބޮޑުކޮށްފައެވެ. އަދި ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން ޤާނޫނުން ވަނީ މަނާކޮށްފައެވެ.
ރައްޔިތުންގެ މެދުގައި ދެވިހިފައިވާ ޞިއްޙީ ގޮތުން ނުރައްކާހުރި މި އާދަތައް ދިވެހި މުޖުތަމަޢުން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާފައިވާ މަސައްކަތްތަކަށާއި އަޅުއްވާފައިވާ ފިޔަވަޅުތަކަށް ބޭރުގެ މީޑިއާތަކުންނާއި ޞިއްޙީ ޖަމިއްޔާތަކުން ވަނީ އެކަންކަން ފާހަގަކޮށް ތަޢުރީފުކުރައްވާފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ އެވޯޑެއްވެސް އަރުވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
