
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޝާމިލުކަމާއި، ހަމަހަމަކަމާއި، ވިލުންތެރިކަމުގެ ތަރަހައިގެ ތެރެއިން، ބައިނަލްއަޤުވާމީ ފެންވަރުގައި އިޖުތިމާޢީ ތަރައްޤީ ހޯދުމަށް މަސައްކަތްކުރުމުގެ އަޒުމުގެ މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވައި، ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ވާހަކަފުޅު ދައްކަވައިފިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ، 1995ވަނަ އަހަރު ބޭއްވި، ފުރަތަމަ، ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓަށް ފަހު މި ވޭތުވި ދުވަސްތަކަށް ނަޒަރު ހިންގަވާލައްވާފައެވެ. އެގޮތުން، އެންމެހައި އިންސާނުންނަށް އަމަންއަމާންކަމާއި، ފުދުންތެރިކަމާއި، ޢަބުރުވެރި ދިރިއުޅުމެއް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ އަސާސަކީ އިޖުތިމާޢީ ތަރައްޤީކަމުގައި ހެދުމުގެ ސާފު ތަޞައްވުރެއް ގެންގުޅެމުންދިޔަނަމަވެސް، ތަރައްޤީ މީޒާންވެފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އަންހެނުންގެ ޙައްޤުތައް ވަކި ހިސާބެއްގައި ހިފެހެއްޓިފައިވާކަމާއި، ތަރައްޤީގައި ފަރަގުތައް އިތުރުވަމުންދާކަމާއި، މޫސުމީ ބަދަލުތައް އިތުރުވެ، ނާޒުކު މުޖުތަމަޢުތައް އިތުރު ހިރާހަށް ހުށަހެޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ ފަދަ، ތަރައްޤީވަމުން އަންނަ ކުދި ޖަޒިރާ ޤައުމުތަކުގެ އެންމެ ބޮޑު ވަސީލަތަކީ ރައްޔިތުންކަން ފާހަގަކުރައްވައި، އިންސާނީ ތަރައްޤީއަށް ވުނަކުރުމަކީ، އެފަދަ ޤައުމުތަކުގެ ކުރިއެރުމަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް އިސްކަންދީ، ޤައުމަށް އެންމެ މުހިންމު ކަންކަން ދެނެގަނެގެން، ޞިއްޙީ ފަރުވާގެ ނިޒާމާއި، ތަޢުލީމާއި، ޑިޖިޓަލްކުރުމާއި، މޫސުމީ ވިލުންތެރިކަމަށް ވުނަކުރުމަކީ، ދިވެހި ސަރުކާރުން އެންމެ އަހުމިއްޔަތު ދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމުގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ނުކުރާނޭ ފަދަ ގޮތަކަށް އިޖުތިމާޢީ ތަރައްޤީއަށް ޚަރަދުކުރުމުގެ މާލީ ޤާބިލިއްޔަތު ލިބިފައިއޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ދަރަންޏަކީ ޤައުމުގެ ވިލުންތެރިކަން ބިނާކުރާ އާލާތަކަށް ހެދުމަށް ރާއްޖެއިން ހުށަހަޅާ ހުށެހެޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ފަދަ މަސައްކަތްތަކުގެ އެހީގައި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކޮށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ބިނާރު ޤާއިމުކޮށް، ޑިޖިޓަލް އިންކްލޫޝަން ފުޅާކޮށްގެން، ޝާމިލު އަދި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މަގުފަހިކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، އިސްރަށްވެހިންނަށް އިނާޔަތް ދިނުމާއި، ބޭސްފަރުވާއަށް ކަވަރޭޖްދިނުމުގެ ނިޒާމާއި، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް އަސާސީ ޚިދުމަތްތައް ލިބޭނޭ އިންތިޒާމުތައް ޤައުމީ ފެންވަރުގައި ކަށަވަރުކުރުމުގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، 2030 ވަނަ އަހަރު އަންނަ އިރު، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 15 އިންސައްތަ ހިއްސާކުރާނީ ކްރިއޭޓިވް އިކޮނޮމީ އިން ކަމުގައި ހެދުމުގެ އަމާޒުގައި އެކުލަވާލާފައިވާ މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށްވެސް އިޝާރާތްކުރައްވާފައެވެ. އަދި މި މަސައްކަތުގެ ތެރެއިން ޒުވާނުންނަށް ފުރުޞަތުތައް އިތުރުކޮށް، އިޤްތިޞާދު ސިންދަފާތުކުރެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، އިންސާނީ ތަރައްޤީއަށް ވުނަކުރުމުގެ ފުރުޞަތު ފަހިވާނޭފަދަ ގޮތަކަށް ދުނިޔޭގެ މާލީ ނިޒާމު އިޞްލާޙުކުރުމަށް ގޮވާލައްވަމުންނެވެ. އެމަނިކުފާނު ވަނީ، ބައިނަލްއަޤުވާމީ ގުޅުންތަކާއި، އިޖުތިމާޢީ ޝާމިލުކަމާއި، ދެމެހެއްޓެނިވި ތަރައްޤީ ޤާއިމުކުރުމަށް، ދިވެހިރާއްޖެއިން އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރަމުންދާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޤަޠަރުގެ ދޯހާގައި ކުރިއަށްދާ، ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓުގައި، ޤައުމުތަކުގެ އިސް ވެރީންނާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އަމިއްލަ ފަރާތްތަކުން، އިޖުތިމާޢީ ތަރައްޤީ އާއި، ދެމެހެއްޓެނި ތަރައްޤީ އާއި ހަމަހަމަކަން ޤާއިމުކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގެ އަޒުމުތައް ކަނޑައަޅާނެއެވެ.
މީގެ 30 އަހަރު ކުރިން، ފުރަތަމަ ފަހަރަށް، ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ، 1995 ވަނަ އަހަރު، ޑެންމާކްގެ ކޯޕަންހޭގަންގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
