
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރަން މޯލްޑިވްްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓިސީސީއާ ޙަވާލުކޮށްފިއެވެ. ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކާއި އައްޑު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކަށް ކުރެއްވި ޒިޔާރަތެއްގައެވެ. ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، އަދި އެރަށު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މި މަޝްރޫޢުގެ ދަށުން، 11،250 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިުފިލާގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މިއިން ކޮންމެ ފަންގިފިލާއެއްގައި 5625 އަކަފޫު ހުންނާނެކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 15.18 މިލިޔަން ރުފިޔާއަށް 390 ދުވަސްތެރޭ މަސައްކަތް ނިންމާ ޙަވާލުކުރާގޮތަށެވެ. ފުވައްމުލަކު ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްވެގެންދިއުމަކީ، ފުވައްމުލަކަށް ޢިލްމީގޮތުން އިތުރު ކުރިއެރުންތަކެއް އަންނާނޭކަމެއްކަމަށް އެމްޓީސީސީއިން ޤަބޫލުކުރައްވައެވެ.
އަދި ނޭޝަނަލް ލައިބްރަރީއެއް ހުރުމަކީ ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު މުއްސަނދިވެ، ހޭލުންތެރިކަން އިތުރުވުމަށް ފުރުސަތު ފަހިވާނެކަމެއްކަމަށް އެމްޓީސީސީއިން ޤަބޫލުކުރައްވައެވެ. ވޭތުވެދިޔަ 44 އަހަރު އެމްޓީސީސީން ވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އަދި މިހާރުވެސް އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
