
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑައެއް ނުވާނެކަމަށާއި، މުސާރައަށް އަންނާނީ ކުރިއެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހާއި ގުޅޭ ތަފްސީލްތައް ހާމަކޮށްދެއްވަމުންނެވެ. ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕޭ ހަމަނައިޒޭޝަންގެ ދަށުން މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި، މިކަމުގެ މައުލޫމާތު ނޭނގޭތީ މުވައްޒަފުންނަށް އޮޅުން އަރަމުންދާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހާއި ގުޅިގެން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ސިވިލް ސަރވިސް އަދި ޖުޑީޝަރީ ހިމެނޭގޮތަށް 20 ހާސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވިފައިވާކަމަށެވެ. އަދި ޕޭ ފްރޭމްވޯކަށް ހިޖުރަ ނުކުރާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. “މުސާރައަށް ގެނެވުނު ބަދަލަކާއެކު މުވައްޒަފުންގެ އާމްދަނީ އިތުރުވެގެންދާނެ. އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރުކުރުން މަޤްސަދަކީ” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ. އެގޮތުން އެންމެކުޑަކޮށް މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށްވެސް 7000 ރުފިޔާއަށް ބޮޑު އަސާސީ މުސާރައެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަސާސީ މުސާރައަށް ގެނައި ބަދަލާއެކު މުވައްޒަފުންގެ ޕެންޝަން ފަންޑަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި، އަދި އޭގެސަބަބުން ރިޓަޔާކުރާއިރު ފަަހަކަށް ރައްކާކުރެވިފައި ހުންނަ މިންވަރުވެސް އިތުރުވެގެންދާނެކަމަށެވެ. އަދި ޕެންޝަން ފަންޑުން މުވައްޒަފުންނަށް ލިބޭ ފައިދާތައް އިތުރުކުރުމަށް ޤާނޫނަށް އިސްލާހުތައް ގެންނަވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހާއެކު އިތުރުގަޑީގެ 10 އިންސައްތަ ލިމިޓް ހަމަވާ މައްސަލައަށްވެސް ހައްލުތަކެއް ގެނެސްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމަކަށް ހައްލު ލިބިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހުތަކަކީ ވަރަށް ބޮޑަށް ދިރާސާކުރެވިގެން ގެނެސްފައިވާ ބަދަލުތަކެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން
ހަގީގީ މާނައިގައި މުވައްޒަފުންނަށް ފައިދާތަކެއް ލިބިގެންދާނޭކަމަށާއި، އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
