
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިންޑިއާގެ ބެންގަލޫރުގައި ހުންނަ ސަކްރާ ވޯލްޑް ޙޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ދެމެދު ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ފަންނީ އެހީތެރިކަން އެ ހޮސްޕިޓަލުން ފޯރުކޮށްދޭނެއެވެ. ސަކްރާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ދެމެދު ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި މާގިިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމީއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހުޅުމާލެ ހޮސްޕިޓަލް ހިންގާ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ. ސަކްރާ ވޯލްޑް ހޮސްޕިޓަލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގްރޫޕް ސީއޯއޯ ލަވްކޭޝް ފާސޫއެވެ.
މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭ ހޮސްޕިޓަލަށް ޙާއްސަ ބަލިތަކުގެ ޑޮކްޓަރުން އެހީތެރިކަމާއި، ފަންނީ އެކި ތަމްރީނުތައް ދިނުމަށް އެހީތެރިވުމާއި، ހޮސްޕިޓަލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެއެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި ޒަމާނީ ޚިދުމަތްތައް ޤާއިމް ކުރުމަށާއި ސިއްޙީ ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މި އެއްބަސްވުން މަގުފަހިކުރުވާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ސީއީއޯ އަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ މި ހުޅުމާލެ ހޮސްޕިޓަލާއެކު އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔަނަމަވެސް، މީގެ ފައިދާ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ދަށުން ހިންގަމުންދާ އެހެން ހޮސްޕިޓަލްތަކަށްވެސް ކުރާނެ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރެއްކަމަށްވާ ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދުމަށް ދަތުރުކުރާ މީހުންގެ އަދަދު މަދު ކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްޙީ ދައިރާ އެމަނިކުފާނުގެ ޤައުމީ ތަޞައްވުރުގެ އަސާސަކަށް ހައްދަވާފައި. ހުރިހާ ރައްޔިތުންނަށް ރަނގަޅު ފެންވަރުގައި ސިއްޚީ ޚިދުމަތް ލިބި، ރާއްޖެއިން ބޭރަށް ދަތުރުކުރަން ނުޖެހޭ ގޮތަށް ހެދުން. މި އެއްބަސްވުމަކީ، އެކަމަށް މަގުފަހިކޮށްދޭ އެއްބަސްވުމެއް. އަޅުގަނޑުމެން ޤަބޫލުކުރަނީ ސިއްޚީ ދައިރާގެ އެންމެ ބޮޑު އިންވެސްޓްމެންޓަކީ މީހުން ބިނާކުރުމަށް ކުރެވޭ އިންވެސްޓްމެންޓް. މި އެއްބަސްވުމުގެ ތެރެއިން އެކަމަށް މަސައްކަތް ކުރެވޭނެ ” ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ.
މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން، ސަކްރާ ވޯލްޑް ހޮސްޕިޓަލުގެ ސީއޯއޯ ލަވްކޭޝް ފާސޫ ވިދާޅުވީ މި އެއްބަސްވުމަކީ ދެ ޤައުމު ގުޅިގެން ރަނގަޅު ފެންވަރުގެ ސިއްޚީ ޚިދުމަތް ދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިމަސައްކަތާއެކު ދުނިޔޭގެ ފެންވަރު ސިއްޚީ ޚިދުމަތް ދިވެހިންނަށް ރަނގަޅު ފެންވަރެއްގެ ސިއްޚީ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“މި އެއްބަސްވުމާއެކު އެޑްވާންސް ތާޝަރީ ފެންވަރުގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ދިނުމަށް މަސައްކަތް ކުރެވޭނެ. ދިވެހި ސިއްޚީ ޚިދުމަތްތެރިންނަށް އެންމެ ޒަމާނީ ސިއްޚީދާއިރާގެ ޓެކްނޮލޮޖީ ތަޖުރިބާކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ލިބިގެންދާނެ. މީގެ އިތުރުން ރަނގަޅު ޓެލެމެޑިސިން ޚިދުމަތެއް ޤާއިމްވެގެން ދާނެ ” ސަކްރާ ވޯލްޑް ހޮސްޕިޓަލުގެ ސީއޯއޯ ލަވްކޭޝް ވިދާޅުވިއެވެ. ސަކްރާ ހޮސްޕިޓަލިގެ ޖަޕާނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގައި ސިއްޚީ ޚިދުމަތް ދެމުންދާ ހޮސްޕިޓަލެކެވެ. މިވަގުތު އިންޑިއާގެ ބެންގަލޫރުގައި 400 އެނދުގެ ހޮސްޕިޓަލެއް ހުޅުވާފައިވާއިރު، ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި 4 ހޮސްޕިޓަލާއެކު 1500 އެނދުގެ އަދަދު އިތުރުކޮށް ފަރުވާގެ ފެންވަރު އިތުރަށް ވަރުގަދަ ކުރެވޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
