
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބާރުގަދަ ތޫފާނެއް ކަމުގައިވާ ކަލްމެއިގީ ފިލިޕީންސްގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 66އަށް އުފުލިއްޖެއެވެ. ތޫފާނުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ސޭބޫ ޕްރޮވިންސަށެވެ. ގެއްލުންތަކާ އެކު އެ ޕްރޮވިންސުގެ ގިނަ ރަށްތަކާއި އަވަށްތަކުގެ ޢާންމު ދިރިއުޅުން ވަނީ ހުއްޓުމަށް އައިސްފައެވެ. ގިނަ އަދަދެއްގެ ގެދޮރު ވަނީ ވެއްޓިފައެވެ. އަދި، ކުނިބުނިން މަގުތައް ވަނީ ފުރި، ބަންދުވެފައެވެ. ކަލްމެއިގީގެ ސަބަބުން ސޭބޫގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެއް ރަށަކީ ތަލީސާއީއެވެ. އެ ރަށުުގައި ދިރިއުޅޭ 38 އަހަރުގެ އެއިލީން އޯކެންގެ އިތުރުން އެ ސަރަޙައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ ތޫފާނުގެ ނުރައްކަލުން ސަލާމަތް ކަން ހޯދުމަށް ރައްކާތެރި ހިސާބުތަކަށް ދަތުރު ކޮށްފައެވެ. ނަމަވެސް، އޭނާ ދިރިއުޅޭ އަވަށަށް އެނބުރި ދިޔުމުން ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ އިތުރުން، އެ އަވަށުގެ ބޮޑު ސަރަޙައްދެއް ސުންނާފަތިވެފައިވާ މަންޒަރު ކަމުގައި އޭނާ ބުންޏެވެ.
“އަޅުގަނޑުމެން މުޅި އުމުރު މަސައްކަތުގައި ހޭދަކޮށްގެން ރައްކާކުރި ފައިސާއިން މި ތަން ބިނާކުރީ، ނަމަވެސް ހުރިހާ އެއްޗެއް ގެއްލިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި،” އޭނާ ބުންޏެވެ. ސަލާމަތުން އޮތް އެއްވެސް މުދަލެއް ފެނޭތޯ އެ އަވަށުގެ ރައްޔިތުން މިހާރު ދަނީ އަތްފުނައު އަޅަމުންނެވެ. ސޭބޫއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ސަރަޙައްދެކެވެ. ނަމަވެސް، ތޫފާނާ އެކު ފެންބޮޑުވި ސަރަޙައްދުތަކުގައި ފެންގަނޑު ހިނދެން ފެށުމާ އެކު، ލިބިފައިވާ ބޮޑެތި ގެއްލުންތައް ވަނީ ހާމަވާން ފަށާފައެވެ. ގިނަ އަދަދެއްގެ ގެދޮރު ހަލާކުވެފައިވާއިރު، ޢުމްރާނީ ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި، އެއްގަމު އުޅަނދުފަހަރު ވަނީ ހަލާކުވެފައެވެ.
ތޫފާނާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 66އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ސިފައިންގެ ހަ މީހަކު ވެސް ހިމެނެއެވެ. އެ ހަ ސިފައިން މަރުވީ، މިންދަނާއޯގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަޙައްދަށް ދަތުރު ކުރަމުން ދަނިކޮށް، އެ މީހުން ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރު އަގޫސަން ދެލް ސޫރަށް ވެއްޓުމާ ގުޅިގެންނެވެ. ފިލިޕީންސްގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ތޫފާނާ ގުޅިގެން ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 26 މީހަކު ހޯދުމުގެ މަަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެކި ހާދިސާތަކުގައި 10އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމުގައެވެ. ބާރުގަދަ ތޫފާނެއް ކަމުގައިވާ ކަލްމެއިގީ ފިލިޕީންސްގެ ސަރަޙައްދުތަކަށް އަރާފައި މި ވަނީ، އުތުރު ސޭބޫ ޕްރޮވިންސަށް ދާދިފަހުން އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން ވިއްސިވިހާލިވެފައިވާ ދަނޑިވަޅެއްގައެވެ. ރިކްޓަރ މިންގަނޑުން 6.9ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމުގައި ދޮޅަހަކަށް ވުރެ ގިނަ އަދަދެއްގެ މީހުން މަރުވިއެވެ. އަދި، އެތަކެއް ހާސް ބަޔެއްގެ ގެދޮރު ގެއްލުނެވެ.
ކަލްމެއިގީއަކީ މި އަހަރު ފިލިޕީންސްގެ ސަރަޙައްދުތަކަށް އަރާފައިވާ 20ވަނަ ތޫފާނެވެ. މި ވަގުތު ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް ތޫފާން ދަތުރު ކުރަމުން ދަނީ ވިއެޓްނާމާ ދިމާލަށެވެ. އެ ޤައުމުން ތޫފާނަށް ތައްޔާރުވަމުންދާއިރު، ތޫފާން އެރުމުގެ ކުރިން ފިލިޕީންސުން ވެސް ވަނީ މިންދަނާއޯގެ އިތުރުން ލުޒޯންގައި ދިރިއުޅޭ 200,000އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
