
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ތިން ސްޓޭޓެއްގެ އިންތިޚާބުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މި ގޮތުން، ނިއު ޔޯކް ސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ އެ ޕާޓީގެ ކެނޑިޑޭޓު ޛަހްރާން މަމްދާނީއެވެ. 34 އަހަރުގެ މަމްދާނީއަކީ އިންޑިޔާ ދަރިކޮޅުގެ މުސްލިމެކެވެ. މީގެ އިތުރުން، ވަރޖިނިޔާއާއި ނިއު ޖަރޒީގެ ގަވަރުނަރު ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރުމަށް ބޭއްވި އިންތިޚާބުގައި ވެސް ކުރި ހޯދާފައި ވަނީ ޑިމޮކްރެޓުންނެވެ. މިއީ، ޖަނަވަރީ މަހުގެ 20ވަނަ ދުވަހު ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން އިންތިޚާބެއްގައި ޑިމޮކްރެޓުން ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ. ވަރޖިނިޔާގެ ގަވަރުނަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވި ވޯޓުގައި ކުރި ހޯއްދަވާފައި ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު އެބިގެއިލް ސެޕެންގެންގަރއެވެ. އަދި، ނިއު ޖަރޒީގެ ގަވަރުނަރު ކަމުގެ މަޤާމަށް އިންތިޚާބުވީ މިކީ ޝެރިލްއެވެ. މި ކާމިޔާބީއާ އެކު، އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ޑިމޮކްރެޓުންނަށް ވަނީ އުންމީދު އައުވެފައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ޢާންމުން ޓްރަމްޕްގެ ވެރިކަން ވަޒަންކޮށްފައިވާ ގޮތް ސާފުވެގެން ގޮސްފައިވާ ކަމުގައެވެ. ނިއު ޔޯކާއި ވަރޖިނިޔާގެ އިތުރުން ނިއު ޖަރޒީގައި ޑިމޮކްރެޓުންނަށް ކާމިޔާބީ ލިބިފައިވީ ނަމަވެސް، އެއީ ތާރީޚީ ގޮތުން ވެސް އެ ޕާޓީއަށް ތާޢީދު ކުރާ ދެ ސްޓޭޓާއި ސިޓީއެއް ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ހުސްވި އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އެ ސަރަޙައްދުތަކުން ޓްރަމްޕަށް ބޮޑު ތާޢީދެއް ލިބިފައެއް ނެތެވެ. ނިއު ޔޯކާއި ވަރޖިނިޔާގެ އިތުރުން ނިއު ޖަރޒީގެ އިންތިޚާބުތަކުގައި ޑިމޮކްރެޓުން ކުރިއަރުވާފައި ވަނީ އެ ޕާޓީގެ އިޤުތިޞާދީ ސިޔާސަތެވެ. ޚާއްޞަ ގޮތެއްގައި، ތަކެތީގެ އަގުތައް ކޮންޓުރޯލު ކުރުމަށެވެ. އެމެރިކާގެ އެންމެ ބޮޑު ރަށް ކަމުގައިވާ ނިއު ޔޯކް ސިޓީގެ މޭޔަރު ކަން މަމްދާނީ ކާމިޔާބު ކުރައްވާފައި ވަނީ ނިއު ޔޯކް ސްޓޭޓްގެ ކުރީގެ ގަވަރުނަރު، 67 އަހަރުގެ އެންޑްރޫ ކްވޯމޯއާ ވާދަ ކުރައްވައެވެ. ކްވޯމޯއަކީ ވެސް ޑިމޮކްރެޓެކެވެ. ނިއު ޔޯކް ސިޓީގެ އިންތިޚާބުގައި ވާދަކުރުމަށް ބޭއްވި ޕްރައިމަރީން ނާކާމިޔާބުވުމުން އޭނާ އިންތިޚާބުގައި ވާދަ ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ.
މަމްދާނީ އުފަންވެ ވަޑައިގަތީ ޔުގާންޑާގައެވެ. އޭނާގެ ޢާއިލާ އެމެރިކާއަށް ހިޖުރަ ކޮށްފައި ވަނީ އޭނާގެ އުމުރުން ހަތް އަހަރުގައެވެ. އޭނާއަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ވަކާލާތު ކުރައްވާ، ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށް ގޮވައިލައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރައްވައި، ޔަހޫދީންނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ. މި ސަބަބަށް ޓަކައި، ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް އޮފިޝަލުންނާ އޭނާއާ ދެމެދު ދެބަސްވުންތައް އުފެދިފައިވާ ކަން ފާހަގަ ކުރެވެއެވެ.
ނިއު ޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބުގެ ކެމްޕޭންގައި މަމްދާނީ ވަނީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލު ކޮށްދެއްވަން ވަޢުދުވެ ވަޑައިގަންނަވާފައެވެ. މި ގޮތުން، ހިލޭ ދަތުރުފަތުރު ކުރެވޭނެ ބަހުގެ ނިޒާމެއް ޤާއިމު ކޮށްދިނުމާއި، ކުޑަކުދިންނަށް ހިލޭ ޑޭކެއާ އަދި ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ އިތުރުން ކާބޯތަކެތި ވިއްކާ ފިހާރަތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމުގެ ވަޢުދު ހިމެނެއެވެ. މަމްދާނީ ވިދާޅުވީ، އެ ކަންކަމަށް ޚަރަދު ކުރުމަށް ފައިސާ ހޯއްދަވާނީ މުއްސަނދިންގެ އަތުން ނަގާ ޓެކުސްތައް ބޮޑު ކުރައްވައިގެން ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
