
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޢިރާޤުގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުން ފޭބުމުން، އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ހަތިޔާރުތައް އަތުލުމުގެ މަސައްކަތް ފަށްޓަވާނެ ކަން ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ހާމަކުރައްވައިފިއެވެ. ޢިރާޤުގައި ހަރަކާތްތެރިވާ އެކިއެކި ޖަމާޢަތްތަކުގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަވާނެ ކަމުގައި ސޫދާނީ ވިދާޅުވިއެވެ. ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ޤަބޫލު ކުރާ ގޮތުގައި އެމެރިކާއިން އިސްނަގައިގެން އެ ޤައުމަށް ފޮނުވާފައިވާ ބައިނަލްއަޤްވާމީ ލަޝްކަރަކީ އިސްތިޢުމާރީ ފައުޖެކެވެ. ސޫދާނީ ވިދާޅުވީ، ގިނަ ޖަމާޢަތްތަކުން ހަތިޔާރު ބެހެއްޓުމަށް އިންކާރު ކުރަމުން ދަނީ އެ ސަބަބާ ގުޅިގެން ކަމުގައެވެ. އަދި، އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފޭބުމުން، ހުރިހާ ހަތިޔާރެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ފަށްޓަވާނެ ކަމުގައެވެ.
ސޫދާނީ ވިދާޅުވީ، އެމެރިކާއާއި ގުޅިފައިވާ ލަޝްކަރުގެ އިސްތިޢުމާރީ ސިފައިން ޢިރާޤުން ބޭލުމާ ގުޅޭ މަސައްކަތް ހުއްޓައިލައްވާފައި ނުވާނެ ކަމުގައެވެ. ޢިރާޤަކީ އީރާނާ ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމެކެވެ. ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އައިއެސާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި ޢިރާޤަށް ފޮނުވާފައިވާ އެމެރިކާގެ ލަޝްކަރު 2026ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ކުރިން ފޮނުވައިލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ސޫދާނީ ވިދާޅުވިއެވެ. އެމެރިކާ ސިފައިން ޢިރާޤުން ފައިބަން ޖެހޭ މައިގަނޑު ސަބަބަކީ، އައިއެސް ޖަމާޢަތުގެ ނިރުބަވެރި ޙަމަލާތަކުގެ އަދަދު މަދުކުރެވިފައިވުން ކަމުގައި ސޫދާނީ ވިދާޅުވިއެވެ. “އައިއެސެއް ނެތް. މާތްاللهގެ އިރާދަފުޅާ އެކު ސަލާމަތާއި ހަމަޖެހުން ވަނީ ގާއިމު ކުރެވިފައި. އެހެންވީމަ 86 ދައުލަތެއްގެ ސިފައިން މި ޤައުމުގައި އިތުރަށް ދެމިތިބެންޖެހޭ ސަބަބު އަޅުގަނޑަށް ކިޔައިދެއްވާ،” ސޫދާނީ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ އެމެރިކާއިން އެކުލަވައިލާފައިވާ ލަޝްކަރުގައި ތަމްސީލު ކުރެވިފައިވާ ޤައުމުތަކަށެވެ.
“ދައުލަތް ނޫން އެހެން ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ހަތިޔާރެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ސާފު ޕުރޮގުރާމެއް ރާވާފައި އެބައޮތް. އެއީ [އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފޭބުމަކީ] ހުރިހާ އެންމެންގެ [ހަތިޔާރު އެޅި ޖަމާޢަތްތަކުގެ] މައިގަނޑު ޝަރުޠު،” ސޫދާނީ ވިދާޅުވިއެވެ. ހަތިޔާރު ބަހައްޓާ ޖަމާޢަތްތަކުގެ މެންބަރުންނަށް ޢިރާޤުގެ އަސްކަރިއްޔާއާ ރަސްމީކޮށް ގުޅުމުގެ ފުރުޞަތު ދިނުމަށް ރާއްވަވާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ހަތިޔާރު އަތުލުމަށް އެމެރިކާއިން ދަނީ ސޫދާނީގެ ސަރުކާރަށް ބާރު އަޅަމުުންނެވެ. އޭގެ ތެރޭގައި ގިނައީ، އީރާނުން ވާގިވެރިވާ ކަމުގައި ހުޅަނގުން ތުހުމަތު ކުރާ ޕޮޕިޔުލަރ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފާ)އި އެ އިއްތިޙާދާ ގުޅިފައިވާ ޖަމުޢިއްޔާތަކެވެ. ޕީއެމްއެފްގެ ގިނަ އަދަދެއްގެ މެންބަރުން މިހާރު ވެސް ވަނީ ހަތިޔާރު ބަހައްޓައި، ޢިރާޤުގެ އަސްކަރިއްޔާގެ ޚިދުމަތާ ގުޅިފައެވެ.
ޢިރާޤުގައި ތިބި އެމެރިކާ ސިފައިން އެ ޤައުމަށް ބޭލުމަށް ވޮޝިންގްޓަނުން ވަނީ އެއްބަސްވެފައެވެ. ބަޣްދާދާއި ވޮޝިންގްޓަނާ ދެމެދު އެކުލަވައިލާފައިވާ އެއްބަސްވުމުގެ ދަށުން އެމެރިކާގެ އިސްތިޢުމާރީ ސިފައިން ފައިބާނީ ފިޔަވަހިތަކަކަށް ބަހައިލައިގެންނެވެ. އެމެރިކާ ސިފައިން ފައިބަން ފަށާފައި ވަނީ މި ހިނގާ 2025ވަނަ އަހަރުއެވެ. އަދި، 2026ވަނަ އަހަރު ނިމުމުގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން ޢިރާޤުން ފައިބަން ޖެހޭނެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
