
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމާ ގުޅިގެން އެ ސަހަރުގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކަށް ނަފުސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަން، ޣައްޒާގައި މަސައްކަތް ކުރާ ނަފުސާނީ ބަލިތަކުގެ ތަޖުރިބާކާރުން ހާމަކޮށްފިއެވެ. ޣައްޒާ ޤަތުލުޢާންމުގެ ދަށުން ދެމުންދިޔަ ޙަމަލާތައް އޮކްޓޫބަރު 10ވަނަ ދުވަހު މެދުކަނޑައިލި ނަމަވެސް، ދެ އަހަރަށް ދެމިގެން ދިޔަ ޢުދުވާނީ ޙަމަލާތަކުގައި ޔަހޫދީން ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. ޣައްޒާގައި މަސައްކަތް ކުރާ ނަފުސާނީ ބަލިތަކާ ބެހޭ ތަޖުރިބާކާރުން ބުނީ، ޔަހޫދީންގެ ޢުދުވާންތައް ނިމުމަކަށް ގެނައުމާ އެކު، އެ ސަހަރުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނަފުސާނީ މައްސަލަތަކުގެ ހާލަތު ހާމަވާން ފަށާފައިވާ ކަމުގައެވެ. ޣައްޒާގައި އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ މެންޓަލް ހެލްތު ހަސްފަތާލުގެ ޓީމުން ބުނީ، އެ ސަހަރުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނަފުސާނީ މައްސަލަތަކުގެ ހާލަތު، އެ ހަސްފަތާލުން ޚިދުމަތް ހޯދުމަށް މަސައްކަތް ކުރަމުންދާ މީހުންގެ އަދަދުތަކުން ހާމަވެގެން ގޮސްފައިވާ ކަމުގައެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި އެ ހަސްފަތާލުގެ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީ، ސުންނާފަތި ކޮށްލާފައެވެ. މި ވަގުތު ނަފުސާނީ ބަލިތަކަށް އެ ހަސްފަތާލުގެ ޓީމުތަކުން ފަރުވާ ފޯރުކޮށްދެމުން ދަނީ އެ ހަސްފަތާލު ކައިރީގައި ހުރި ކުލިނިކަކުންނެވެ. ޢުދުވާނުގައި ގިނަ ބަޔެއްގެ ޢާއިލާގެ މެންބަރުން ޝަހީދު ކޮށްލާފައިވާއިރު، އެތަކެއް ދުވަހަކު ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތި، ހައިހޫނުގައި ޖެހިފައި ތިބެން ޖެހުމާ ގުޅިގެން ގިނަ ބަޔެއްގެ ނަފުސާނީ ހާލަތު ގޯސްވެފައިވާ ކަމުގައި ތަޖުރިބާކާރުން ބުންޏެވެ. “ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމާ އެކު ނަފުސާނީ ހާލަތަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެގެން ގޮސްފައި ވަނީ ގޮވަމުންދާ އަލިފާން ފަރުބަދައަކުން އަލިފާން ފައިބާ ފަަދަ ގޮތަކަށް،” ޣައްޒާ ސިޓީ މެންޓަލް ހެލްތު ހަސްފަތާލުގެ ވެރިޔާ ޢަބްދުالله އަލް-ޖަމާލް ވިދާޅުވިއެވެ.
“ޣައްޒާ ޢުދުވާން ފެށުމުގެ ކުރިން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމަކީ މީހުން ޖެހިލުންވެފައި އޮތް ކަމެއް، ނަމަވެސް މިހާރު އެ ފަދަ ޖެހިލުންވުމެއް ވެސް ނެތް،” ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަން ހާމަ ކުރައްވަމުން ޖަމާލް ވިދާޅުވިއެވެ. އަދި، އެ ހަސްފަތާލުން ފަރުވާ ހޯދުމަށް އަންނަ މީހުންނަށް ވީ އެންމެ ރަނގަޅަށް ޚިދުމަތް ފޯރުކޮށްދިނުމަށް ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ކޮންމެ ދުވަހަކު 100އަށްވުރެ ގިނަ މީހުން މިހާރު ދަނީ އެ ހަސްފަތާލުން ޚިދުމަތް ހޯދަމުންނެވެ. ނަފުސާނީ މައްސަލަތަކާ އެންމެ ބޮޑަށް ކުރަމަތިލާން ޖެހިފައި ވަނީ ކުޑަކުދިންނަށް ކަމުގައި ވެސް ޖަމާލް ވިދާޅުވިއެވެ. މި ގޮތުން، ގިނަ އަދަދެއްގެ ކުޑަކުދިންނަށް ކުރިމަތިލާން ޖެހުނު ބިރުވެރިކަމާއި އަނިޔާވެރިކަމާ ގުޅިގެން ގުޅިގެން ރޭގަނޑު ނިދުމަށް އެ ކުދިންނަށް ދަތިވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބައެއް ކުދިންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، ހިތްބިރުގަނެ، އެއްވެސް ކަމަކަށް އަހަންމިއްޔަތު ކަން ދިނުމަށް ދަތިވެފައިވާ ކަމުގައި ރެޑް ކްރެސެންޓުގައި މަސައްކަތް ކުރާ ނަފުސާނީ ބަލިތަކާ ބެހޭ ތަޖުރިބާކާރަކު ވެސް ބުންޏެވެ.
“ކާބޯތަކެއްޗާއި ފެނާއި ހިޔާވަހިކަމާއި އުނުއޮރިޔާން ނިވައުކުރޭނެ ގޮތެއް ނެތުމާ ގުޅިގެން ޣައްޒާގެ ކުޑަކުދިން ތަހައްމަލު ކުރަމުުން ދަނީ ވަރަށް ނިކަމެތި ހާލަތެއް،” ރެޑް ކްރެސެންޓުގެ މާހިރެއް ކަމުގައިވާ ނީފީން ޢަބްދުލްހާދީ ވިދާޅުވިއެވެ. އޭނާއާއި އޭނާގެ ޓީމުން މިހާރު ދަނީ ނަފުސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
