
ވޯލްޑް ކަޕުގެ ހަތް މެޗުން މޮޅުން އެކަނި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކަނޑައެޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ އަށް ފުޓްބޯޅައިގައި ހާސިލް ނުވެ އޮތް ހަމައެކަނި ކަމަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ނަމަވެސް ކެރިއަރުގެ ފަހުކޮޅަށް އެޅިފައިވާ 40 އަހަރުގެ ފޯވަޑް ބުނީ އެއީ އޭނާ ކުރާ އުއްމީދެއް ނޫން ކަމަށެވެ. “ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ އަހަރެންގެ އުއްމީދެއް ނޫން. (އެ މުބާރާތުގެ) އެންމެ ހަތް މެޗުން އެންމެ މޮޅީ ކާކުކަން ނިންމިދާނެތަ؟ އެއީ ހަމަޖެހޭ ކަމެއްނޫން،” ރޮނާލްޑޯ ބުންޏެވެ.
ނަމަވެސް އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ބުނީ ވޯލްޑް ކަޕުގެ ކުރިން އޭނާ އުއްމީދު ކުރީ ތައްޓާއެކު ކައިވެނި ހަފުލާ ބާއްވަން ކަމަށެވެ.

ރޮނާލްޑޯ ވަނީ ރޮނާލްޑޯ ވަނީ ދެ ފަހަރެއްގެ މަތިން އޭނާ ކުޅުނު މެންޗެސްޓާ ޔުނައިޓެޑާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ކުލަބު އޮތީ ގޯސް ފައްތަރެއްގައި ކަމަށެވެ. “އެ ކުލަބުގެ މިސްރާބު ރަނގަޅެއްނޫން. އެއީ މީގެ ކުރިން އެކަޑަމީ ތެރެއިން މޮޅު ކުޅުންތެރިން ފެނުނު ކުލަބެއް. ރަޔަން ގިގްސް އާއި ނިކީ ބަޓް އާއި ޑޭވިޑް ބެކަމް ކުޅެން ފަށައި ދުވަސްކޮޅަކުން މޮޅު ކުޅުންތެރިންނަށްވި. އެކަމަކު މިހާރު އެ ސިފަތަކެއް ޔުނައިޓެޑްގައި ނެތް،” ރޮނާލްޑޯ ބުންޏެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގާއި ބަލަންޑޯ ލިބުނީ ޔުނައިޓެޑަށް ކުޅެނިކޮށް ކަމަށާއި އެ ނޫން ވެސް ގިނަ ކާމިޔާބީ ޔުނައިޓެޑްގައި ހޯދިފައިނުވުމުން އަބަދުވެސް އޭނާގެ ހިތުގައި ޔުނައިޓެޑަށް ހާއްސަ ކަމެއް އޮންނަ ކަމަށެވެ. އަދި މިހާރު ވެސް ޔުނައިޓެޑްގެ ނަތީޖާތައް އަބަދުވެސް ބަލާ ކަމަށެވެ. އޭނާ އަދި ބުނީ ޕޯޗުގަލްގެ ކޯޗު ރުބެން އަމޮރިމް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކަމަށާއި އޭނާ އަށް އެކަނި ޔުނައިޓެޑްގެ މިސްރާބު ބަދަލު ނުކުރެވޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
