
އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަންގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ. އެއް ދުވަހުގެ މި ދަތުރުފުޅުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެރިންނާއި ދިވެހި ސަރުކާރުގެ އިސްވެރިންނާ ސަލްމާން ބައްދަލުކުރައްވާނެ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އޭއެފްސީން ވެދެއްވޭނެ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އޭއެފްސީގެ ރައީސް ކަމުގައި ތިން ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ސަލްމާން އެންމެ ފަހުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ.
އެ މަނިކުފާނު މި ފަހަރު ރާއްޖެ ވަޑައިގަންނަވާއިރު މި އަހަރު ކުރީކޮޅު ވަނީ ސްރީލަންކާ އަށް ވެސް ވަޑައިގަންނަވާފަ އެވެ. ސަލްމާން ރާއްޖެ ވަޑައިގަންނަވާއިރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މީގެ ދެ ހަފުތާ ކުރިން ރާއްޖެ ވަޑައިގަންނަވާފަ އެވެ. އަދި ގަލޮޅު ދަނޑުގައި މެޗެއް ކުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ވެސް ބައްދަލުކުރެއްވި އެވެ. ހިޔާނާތުގެ ކުށުގައި ޖަލަށް ލާފައިވާ އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަކީ ސަލްމާން ހިމެނިވަޑައިގަންނަވާ އޭއެފްސީގެ އެކްސްކޯ މެމްބަރެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
